Wednesday, 9 September 2026
Ads by

މާލެ ސަރަޙައްދުން ލިބިފައިވާ ގޯތި ދޫކޮށްލާފައި، ފްލެޓް ހޯދަން ހުށަހެޅޭގޮތް ހަދަނީ

މާލެ ސަރަޙައްދުން ލިބިފައިވާ ގޯތި ދޫކޮށްލާފައި، ފްލެޓް ހޯދަން ހުށަހެޅޭގޮތް ހަދަނީ

ސަރުކާރުގެ ބިންވެރިޔާ ސްކީމުން އަދި އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށްވެސް، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެދަށުން ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިޢުލާނުކުރައްވާ ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފައިވަނީ ރައްޔިތުންގެ ބައްދަލުވުންތަކުގައި ގިނަ ބަޔަކު އެގޮތަށް އެދެމުންދާތީކަމަށެވެ. އަދި މިހާރު ދޭން ނިންމާފައިވާ ފުރުޞަތަކީވެސް ރައްޔިތުން އެކަމަށް އެދެމުންދާތީ ގެނައި ބަދަލެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި އާއިލާތައް އެބަތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުޞަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރީ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

”އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމަ އެ ފުރުޞަތު ދޭން ސަރުކާރުން މި އުޅެނީ. ޕޯޓަލްގެ ތެރެއަށް ސްކީމް އިތުރުކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. 2-3 ހަފްތާ ތެރޭ ހުޅުވާލެވޭނެ“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފްލެޓް ދޫކުރާނީ، ކުރިން ލިބުނު ބިން ދޫކޮށްލާ އުސޫލުންކަމަށެވެ. މިސަރުކާރުން ވަނީ ޖޮއިންޓްކޮށް ގޯތި ލިބުނު މީޙުންވެސް، އެންމެން އެއްކޮށް ގޯތި ދޫކޮށްލާނަމަ ވަކިން ގޯއްޗަށް ހުށައެޅުމުގެ ހުޅުވާލާފައެވެ. ރައީސް ވިދާޅުވީ މިގޮތަށް ވަކިވާ މީހުންނަށްވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި