Wednesday, 9 September 2026
Ads by

”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ބޭނުމަކީ ރައީސްގެ އަގުވައްޓާލުން: ޝެއިޚް ޒައިދު

”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ބޭނުމަކީ ރައީސްގެ އަގުވައްޓާލުން: ޝެއިޚް ޒައިދު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު---

”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ރޭ ގެނެސްދިން ޑޮކިއުމެންޓްރީއަކީ ސިޔާސީ ބޭނުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަގުވައްޓާލުމުގެ ގޮތުން ގެނެސްދިން ޑޮކިއުމެންޓްރީއެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝެއިޚް ޒައިދު މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް ވިދާޅުވީ، ”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ރޭ ގެނެސްދިން ޑޮކިއުމެންޓްރީގައި ހުރި އެއްވެސް ވާހަކައެއް ޤަބޫލުނުކުރައްވާ ކަމަށާއި އެ ޑޮކިއުމެންޓްރީގައި ގެނެސްދީފައި ހުރީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ ސިޔާސީ އެޖެންޑާއާއި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ބޮލުގައި ޒިނޭގެ މުޑުދާރު ޢަމަލުގެ ތުޙުމަތު އަޅުވައި ޤަޒުފުކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ޝެއިޚް ޒައިދު ވަނީ ވިދާޅުވެފައެވެ.

ޤަޒުފުކުރުމަކީ އިސްލާމްދީނުގައި ބޮޑު ފާފައެއްކަން ފާހަގަކުރައްވަމުން ޝެއިޚް ވަނީ އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. ނޫސްވެރިކަމުގެ ނަމުގައި ޙަޤީޤަތާ ޚިލާފު މިފަދަ ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، ނޫސްވެރިން ވެސް މިފަދަ ޢަމަލުތަކާ ދުރުހެލިވުމަށް ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގައި މުއުމިނެއްގެ މައްޗަށް ޒިނޭގެ ތުޙުމަތު ކުރުމަށްފަހު އެކަން ސާބިތުކޮށް ނުދެވިއްޖެ މީހާގެ މައްޗަށް އޮންނަ އަދަބަކީ ޤަޒުފުގެ ޙައްދުޖެހުމެވެ. އެގޮތުން އެކަން ސާބިތުކުރުމަށް ހަތަރު ހެކިން ނުގެނެވިއްޖެނަމަ، ޤަޒުފުކުރި މީހާގެ ގައިގައި 80 އެތިފަހަރުން ޙައްދުޖެހޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ”އަދަދު“ ނޫހުން ގެންދަނީ އިންތިޚާބުތަކާ ދިމާކޮށް ކޮންމެފަހަރަކު ވެސް ރައީސް މުޢިއްޒުގެ އަބުރު ކަތިލައި، އަގު ވައްޓާލުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު ކައުންސިލަށް ވާދަކުރެއްވުމުން ”ނޫމަޑި“ އަދި ”މެއިޑް“ ގެ ނަމުގައި ޑޮކިއުމެންޓްރީތަކެއް ނެރެފައިވެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ”ދޮންމަންމަ“ ގެ ނަމުގައި ވެސް އެ ނޫހުން ޑޮކިއުމެންޓްރީއެއް ނެރެފައިވެއެވެ. ”އަދަދު“ ނޫހުން ހުއްޓުމެއްނެތި ރައީސް މުޢިއްޒުގެ އަބުރު ކަތިލާ، ޙަޤީޤަތާ ޚިލާފު ޑޮކިއުމެންޓްރީތައް ނެރުނު ނަމަވެސް ރައީސް މުޢިއްޒަށް ރައްޔިތުން ކުރަމުން އަންނަ ތާއީދަށް އެއްވެސް ބަދަލެއް ނާދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި