Sunday, 26 July 2026
Ads by

މަޖިލިސް މެންބަރުންނާއި ކައުންސިލަރުން މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް!

މަޖިލިސް މެންބަރުންނާއި ކައުންސިލަރުން މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ރައްޔިތުންގެ ރިކޯލް ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން މަޤާމުން ވަކިކުރެވޭ ގޮތަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އެކްސްޕްރެސޯ ވިތް ރައީސް“ ގެ ނަމުގައި ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން އެމީހުންގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ ރިކޯލް ވޯޓަކުން ވަކިކުރެވޭނެ ގޮތަށް ޤާނޫނެއްގައި ކަނޑައެޅުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ރިކޯލް ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރާނީ، ޤާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަ ނުވެ އަދި އެ މީހުންގެ ޕަރފޯމަންސް ދަށްވެއްޖެ ޙާލަތެއްގައި، ޕެޓިޝަނެއް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. މިގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމުން ދައުރުގެ މެދުތެރެއިން ކޮންމެހެން އިންތިޚާބު ބާއްވަން ނުޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށްފަހު މެންބަރުގެ ދައުރުގެ ތެރޭގައި ޤާނޫނުގައި ކަނޑައަޅާ ކަމެއް އުނިވާ ހިސާބުން އެ މެންބަރަކު މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ކަމަށެވެ.

”ވޯޓު ހަމަކޮށްގެން އެ މީހަކު މަޤާމުން ވަކިކުރެވޭނެ އެއީ މަޖިލިސް މެންބަރުން ވެސް ކައުންސިލަރުން ވެސް، އެހެންވީމާ ދައުރު މެދުތެރެއިން މަޖިލިސް އިންތިޚާބު ބާއްވާކަށް ނުޖެހެއެއްނު، ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވާފައި މަޖިލިސް މެންބަރުން ހޮވަންވީ، ހޮވާފައި ދައުރު ތެރޭގައި ޤާނޫނުގައި އެ ކަނޑައަޅާ ޝަރުތުތައް ނޫނީ އެކަމެއް އޭނާގެ ކިބައިން އުނިވީ އެ ހިސާބުން ރައްޔިތުންނަށް އެބަ ފުރުޞަތު ލިބޭ އޭނާ އެ ގޮނޑިން ބޭރުކުރަން ރިކޯލް ވޯޓު ނެގީމަ،“ – ރައީސް ވިދާޅުވިއެވެ.

މިގޮތަށް ޤާނޫނު އިޞްލާޙުކުރެވިއްޖެ ކަމަށްވާނަމަ، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކުގެ އިތުރުން ސަރުކާރު ވެސް ހިނގާނީ ހަރުދަނާކަމާއި، ހަމަހަމަކަމާއެކު ޖަވާބުދާރީ ކުރުވޭ އުޞޫލަކުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ރިކޯލް ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން މަޤާމުން ވަކިކުރެވޭ ގޮތަށް ޚާއްޞަ ޤާނޫނެއް ވުޖޫދަށް ގެނައުމަށް ބިލެއް ހުށަހެޅުއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް މުޢިއްޒު ހާމަކުރެއްވި ނަމަވެސް، އެ ބިލު ހުށަހަޅުއްވާނެ ވަކި ތާރީޚެއް އެމަނިކުފާނު ހާމަކުރައްވައިފައެއްނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި