Saturday, 24 October 2026
Ads by

ވިސްނުމަކީ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް ޚާއްޞަކުރުން: ރައީސް

ވިސްނުމަކީ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް ޚާއްޞަކުރުން: ރައީސް

"އެކްސްޕްރެސޯ ވިތް ރައީސް" ގައި ރައީސް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވިސްނުންފުޅުގައި ހުރީ ރައްޔިތުންގެ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް ޚާއްޞަކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އެކްސްޕްރެސޯ ވިތް ރައީސް“ ގެ ނަމުގައި ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް ޚާއްޞަކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ.

މި ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޤައުމުގެ ކަންކަން ބައްޓަންކުރުމުގެ އިތުރުން ކަންކަމުގައި ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރަށް ފުޅާކޮށް އެ ފަރާތްތަކަށް އޮންނަ ފުރުޞަތުތައް ފަހިވާންޖެހޭކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ތެރޭގައި ޔޫތް ޕާލިމަންޓް ވެސް ފެށިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަން ދެވޭ ގޮތަށް ކޯޓާއެއް ކަނޑައެޅުމަކީ އަބަދުވެސް ގެންގުޅުއްވާ ވިސްނުންފުޅެއްކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

”އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 ޕަސެންޓު ޒުވާނުންނަށް އަދި 10 ޕަސެންޓު އަންހެން ބޭފުޅުންނަށް، އެހެންކަމުން މިސާލަކަށް މިހާރު އޮތް މަޖިލީސް 93 ގޮނޑި އެއީ ގާތްގަނޑަކަށް ނުވަ މެންބަރުން ޒުވާން ބޭފުޅުން 30 އަހަރުން ދަށުގެ، އަދި ނުވަ އަންހެން ބޭފުޅުންނަށް،“ – ރައީސް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން، ޤައުމީ ބޮޑެތި ކަންކަމުގައި ގޮތް ނިންމައި، ބަސް ބުނުމުގެ ފުރުޞަތު ޒުވާނުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި މަހުގެ 23 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް ޚާއްޞަކުރައްވާނެ ކަމަށާއި، އެކަން ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި