Sunday, 26 July 2026
Ads by

އެމެރިކާގެ ހުށަހެޅުމާމެދު މަޝްވަރާކުރުމުގެ ވިސްނުމެއްނެތް: އިރާން

އެމެރިކާގެ ހުށަހެޅުމާމެދު މަޝްވަރާކުރުމުގެ ވިސްނުމެއްނެތް: އިރާން

އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށްބުނެ އެމެރިކާގެ ރަައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ރޭވުން ދިރާސާ ކުރަމުންދާ ކަން އީރާނުން ބުނެފިއެވެ. އެހެން ނަމަވެސް މި ހުށަހެޅުމާއިމެދު މަޝްވަރާ ކުރުމުގެ ވިސްނުން އަދި ނެތްކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

Ad Image
Ads by

ހުސްވި ފެބުރުވަރީ މަހު 28ވަނަ ދުވަހު އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ނަމަވެސް، އީރާނުން ދެމުންދާ ވަރުގަދަ ރައްދު ޙަމަލާތަކާއި، ހަނގުރާމައާ ގުޅިގެން ދުނިޔެއާއި އެމެރިކާގެ އިޤުތިޞާދަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ޓްރަމްޕް މިހާރު ގެންދަނީ ހަނގުރާމަ ނިމުމަކަށް ގެނެސް، އީރާނާއެކު ސުލްޙަވުމަށް މަސައްކަތް ކުރަމުންނެވެ.

މި ގޮތުން، ޓްރަމްޕް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އީރާނަށް ހުށަހަޅާފައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ”ބިނާކުރަނިވި“ މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި އޭނާ ގެންދަވަނީ ބުނަމުންނެވެ. ނަމަވެސް، އެ ދަޢުވާއަށް އިންކާރުކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، މެދުވެރިންގެ އެހީތެރިކަމާއެކު ދެ ފަރާތުގެ ދެމެދުގައި މެސެޖު ބަދަލުކުރުމަކީ މަޝްވަރާކުރުން ނޫން ކަމުގައެވެ.

”އެމެރިކާގެ މެސެޖުތަކުގައި ހުރި ޚިޔާލުތައް [އީރާން ސަރުކާރުގެ] އިސްވާރުންނަށް ވާނީ ހިއްސާކޮށްފައި. އޭގެ މައްޗަށް ބިނާކޮށް ރަސްމީ ނިންމުމެއް އިޢުލާންކުރައްވާނީ އެ ބޭފުޅުން،“ އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް މި މެސެޖް ފޮނުވީ ޕާކިސްތާން މެދުވެރިކޮށެވެ. އަދި މި ހުށަހެޅުމުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަށާއި، ބެލިސްޓިކް މިސައިލް ޕުރޮގުރާމު މަޑުޖައްސައިލުމަށް ޝަރުޠުކޮށްފައިވެއެވެ. އީރާނުން ބާރުއަޅަމުން ދަނީ ސުލްޙައިގެ އެއްބަސްވުމުގައި ލުބްނާން ވެސް ހިމަނައި، އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ހުއްޓުމަކަށް ގެނައުމަށެވެ. އީރާންގެ ރައްދާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވަނީ، ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަންކަމަށް ތެހްރާނުން އެއްބަސްނުވެއްޖެ ނަމަ، އީރާނަށް ވަރުގަދަ ޙަމަަލާތަކެއް ދޭނެ ކަމުގައި އިންޒާރު ދީފައެވެ. ސުލްހައަށް މަސައްކަތްކުރާކަން ދުނިޔެއަށް ދެއްކި ނަމަވެސް އެމެރިކާ އަދި ޔަހޫދީންގެ ހީލަތްތެރި ނިޔަތަކީ މަޑުޖެހުމެއް ނެތި ހަނގުރާމަ ކުރިއަށް ދިޔުމެވެ. މިކަމުގައި މުޅި ދުނިޔޭގެ އިޤްތިޞާދު ފުނޑުނަސް ވަރިހަމައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި