Sunday, 25 October 2026
Ads by

ޝައިތޯނަކާ ގުޅިގެންވެސް ވެރިކަން ހޯދާނެ ކަމަށް ބުނި ޔާމީން އެންމެފަހުން ގުޅުނީ ނަޝީދުއާ!

ޝައިތޯނަކާ ގުޅިގެންވެސް ވެރިކަން ހޯދާނެ ކަމަށް ބުނި ޔާމީން އެންމެފަހުން ގުޅުނީ ނަޝީދުއާ!

ކުރީގެ ރައީސް ނަޝީދު (ކ) އަދި ކުރީގެ ރައީސް ޔާމީން (ވ)--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދެ ޝައިތޯނުން ގުޅިގެން ނަމަވެސް ވެރިކަން ހޯދާނެ ކަމަށް ބުނި ޔާމީން އެންމެ ފަހުން ނަޝީދުއާ ގުޅި އެކަން މުޅި ދިވެހިރާއްޖެއަށް ހާމަކޮށްލައިފިއެވެ.

Ad Image
Ads by

ޔާމީން މިކަން ހާމަކުރީ އޭނާގެ ޕާޓީ ޕީއެންއެފްއިން ކާނިވާ ސަރަޙައްދުގައި ”ޗަގޯސް ޖަލްސާ“ ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަމުންނެވެ. ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ބުނެފައިވަނީ ނަޝީދު ވިދާޅުވީހެން ”އަނެއް ދިވެހިރާއްޖެ“ ހޯދަން ޖެހިއްޖެ ކަމަށާއި އެކަން ކުރަން މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ގުޅިގެން ސަރުކާރަށް ޖެއްސުން ކުރުމުގައި ދެމި ހުންނާނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ކައުންސިލަށް ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ކަމަށް ޔާމީން ވަނީ ބުނެފައެވެ. ޔާމީން ބުނީ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރި ނަމަވެސް އެހެން ޕާޓީތަކުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑުފުނޑުކޮށްލީ މިއަދުގެ ސަރުކާރުން ކަމަށް ބުނެ ސަރުކާރުގެ ބޮލުގައި ދޮގު ތުޙުމަތު ވެސް ޔާމީން ވަނީ އަޅުވައިފައެވެ. މިނިވަން ޝަރުޢީ ނިޒާމެއް ދިވެހިރާއްޖެއަށް ގެނައުމަށާއި، ޤައުމުގެ ޙާލަތު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ”އަނެއް ދިވެހިރާއްޖެ“ ހޯދުމަކީ މިއަދު ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ޔާމީން ވަނީ ސިފަކޮށްފައެވެ.

ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ޔާމީންގެ މައްޗަށް އެއްވެސް ހެއްކެއް ނެތި، ދޮގު ތުޙުމަތުތަކެއްގެ މައްޗަށް ”ހަރާމް“ ޙުކުމެއް ކުރުމަށްފަހު، ހައްޔަރުކޮށް އަނިޔާދިން މީހުން މިއަދު އޭނާއަށް ރަނގަޅުވީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން ޔާމީންގެ ޙައްޤުގައި މަގުމަތީގައި އިހުތިޖާޖުކޮށް، ޖަލުން މިނިވަންކުރުމަށް މަސައްކަތް ކުރުމުން އެތަކެއް އަނިޔާތަކާއި ދުއްތުރާތަކެއްގެ އިތުރުން މަލާމާތެއް ކުރިމަތިވި ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުންނާއި، ޕާޓީގެ އިސް ފަރާތްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޔާމީން ދިން ޤަދަރަކީ އެއީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔާމީން ދައްކަމުން އަންނަ މިފަދަ ވާހަކަތަކާއި، ކަމާ ނުގުޅޭ ފަރާތްތަކުގެ އަބުރު ކަތިލުން ފަދަ ކަންކަން ކުރުމުގެ ސަބަބުން އޭނާއަށް ރައްޔިތުން ކުރަމުން އަންނަ ތާއީދު މިހާރު ވަނީ ވަރަށް ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން އިރެއްގައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ތާއީދުކުރި ރައީސްގެ ގޮތުގައި ޔާމީން މަޝްހޫރުވެފައިވީ ނަމަވެސް މިހާރު އޭނާއަށް 3،000 އެއްހައި މީހުން ވެސް ތާއީދުނުކުރާނެ ކަމަށް ސިޔާސީ މައިދާނުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅަކު ވަނީ ލަފާކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Rape cases
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި
MIRA-1
ގްރީން ޓެކްސްގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި