Wednesday, 9 September 2026
Ads by

މާލޭ ސިޓީ ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ޤާބިލު އެހެން ކެންޑިޑޭޓަކު ނެތް: ޤާސިމް

މާލޭ ސިޓީ ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ޤާބިލު އެހެން ކެންޑިޑޭޓަކު ނެތް: ޤާސިމް

މޫސާ ޢަލީ ޖަލީލު (ކ) އަދި ޤާސިމް އިބްރާހިމް (ވ)--- ފޮޓޯ: އެކްސް (ޤާސިމް އިބްރާހިމް)

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މޫސާ ޢަލީ ޖަލީލަށް ތާޢީދުކުރައްވާކަން ހާމަކުރަައްވަމުން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެ ޕޯސްޓުގައި ޤާސިމް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، ދިވެހިރާއްޖޭގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ.

”ހަމައެކަނި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ،“ – ޤާސިމް ވިދާޅުވިއެވެ.

އެއިރުއްސުރެ މިއަދާ ހަމައަށްވެސް މޫސާ ޢަލީ ޖަލީލު ހުންނެވީ ޤައުމަށް ޚިދުމަތްކުރަން ތައްޔާރަށްކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް ޖަލީލު އަދާކުރެއްވީ ތެދުވެރިކަމާ އެކުގައި ކަމަށެވެ. މޫސާ ޢަލީ ޖަލީލަކީ ފަސްބައިގާ ކިލަނބުކަމެއް ނެތް، އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ނުހައްދަވާ، ޚުލްޤު ހެޔޮ އަދި އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ޝަޚްޞިއްޔަތެއް ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

”މި ހުރިހާ ޙަޤީޤަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ޝަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަޤީން،“ – ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީއަށް ނިސްބަތްވާ ހުރިހާ ރައްޔިތުން މޫސާ ޢަލީ ޖަލީލަށް ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި