Wednesday, 9 September 2026
Ads by

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރކުރާ ޢާއިލާތަކަށް ޚާއްޞަ ޗުއްޓީއެއް!

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރކުރާ ޢާއިލާތަކަށް ޚާއްޞަ ޗުއްޓީއެއް!

މިނިސްޓަރު ޢާއިޝަތު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރާ ޢާއިލާތަކަށް، އެ ކުއްޖާއާއެކު ވަގުތު ހޭދަކުރުމަށްޓަކައި ޚާއްޞަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޢާއިޝަތު ޝިހާމް މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢާއިލާތަކާ ޙަވާލުކުރުމުގެ މަރުޙަލާ މީގެ ކުރިން އޮތް ގޮތުން ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމަށެވެ.

މިކަމުގެ ސަބަބުން އެފަދަ ކުދިން ބަލަން ބޭނުންވާ ޢާއިލާތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އެހެންކަމުން ”ޓެމްޕޮރަރީ ފޯސްޓަރިންގ“ ގެ ނަމުގައި ވަގުތީ ގޮތުން އެފަދަ ކުދިން ޢާއިލާތަކާ ޙަވާލުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ޗުއްޓީއަކީ އަންހެނުން ވިހެއުމުން ލިބޭ މެޓަރނިޓީ ލީވްއާ އެއްފަދަ އުޞޫލަކުން ދެވޭ ޗުއްޓީއެއް ކަމަށެވެ. ހަމައެހެންމެ، އަންނަ އޭޕްރީލް މަހު އެފަދަ ފަރާތްތަކަށް ޗުއްޓީ ލިބޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

”ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިވިލް ސަރވިސްގައި މަޝްވަރާކުރެވިގެން އިރާދަކުރެއްވިއްޔާ މި އެޕްރީލް މަހު ފޯސްޓަރ ކުރާ ފަރާތްތަކަށް ވެސް ޚާއްޞަ ޗުއްޓީއެއް ނުވަތަ ޚާއްޞަ ލީވްއެއް ލިބޭގޮތަށް މިހާރު ހަމަޖެހިފައި އެއޮތީ. އެއީ ކުދިންނާ ޙަވާލުވާން ތިބި ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވެގެންދާނެ،“ – މިނިސްޓަރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރާ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ޢާއިލާތަކުން ފޯސްޓަރ ކުރާ ކޮންމެ ކުއްޖަކަށް، މަހެއްގެ މައްޗަށް 5،000 ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ޢާއިޝަތު ވަނީ އިތުރަށް ވިދާޅުވެފައެވެ.

17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ޖުމްލަ 111 ކުއްޖަކު، އެކި ޢާއިލާތަކާ ސަރުކާރުން ވަނީ ޙަވާލުކޮށްފައެވެ. މިއީ އެ ކުދިންނަށް ރައްކާތެރިކަމާއި ޢާއިލީ ލޯތްބާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ ވަރަށް މުހިއްމު މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި