Sunday, 25 October 2026
Ads by

މޯލްޑިވް ގޭހުން ވިއްކާ ގޭހުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޒަމީރު

މޯލްޑިވް ގޭހުން ވިއްކާ ގޭހުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޒަމީރު

މިނިސްޓަރު ޒަމީރު ނޫސްވެރިންނާ ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޒަމީރު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ކައްކާ ގޭހުގެ ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫޢު ނިމުމުން ގާތްގަނޑަކަށް ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލޭ ސަރަޙައްދުގައި ބެލެހެއްޓޭނެ ކަމަށެވެ.

”މި އަހަރަށް ބަލާއިރު ގޭހުގެ ދަތިކަން ކޮންމެހެން ފިލުވަންޖެހޭ، ގޭސް ގެންގުޅޭ ޓޭންކަރު ގެންގުޅުމަކީ އެހާ ފަސޭހަ ކަމެއްނޫން، ތެލުގެ ޓޭންކަރު އަޅުގަނޑުމެންނަށް އެބަ ގެންގުޅެވޭ މިހާރު ވެސް، މި އަހަރުގެ ތެރޭގައި ވެސް އެސްޓީއޯ އިން ވެސެލްއެއް ގަނެފި،“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ގޭސް ރައްކާކުރުމާ ގުޅޭ މަޝްރޫޢުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢު މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ކައްކާ ގޭސް ލިބުމުގައި އެއްވެސް ވަރެއްގެ ދަތިކަމެއް ނެތް ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް މިނިސްޓަރު ޒަމީރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

މޯލްޑިވް ގޭހުގައި އެއްފަހަރާ މިހާރު ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭހެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވަނީ 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޯރެޖެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި