Wednesday, 9 September 2026
Ads by

”2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ފަރާތުން ވެރިކަން ކުރެއްވި 2 ރައީސުން ތައީދުކުރެއްވި“

”2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ފަރާތުން ވެރިކަން ކުރެއްވި 2 ރައީސުން ތައީދުކުރެއްވި“

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު---

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތާއީދުކުރައްވާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދިޔާނާ މި މޭރުމުން ވިދާޅުވީ، އެކްސްގައި ސްކްރީންޝޮޓްތަކަކާއެކު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިޔާނާ ޙިއްޞާކުރެއްވި ސްކްރީންޝޮޓްތަކަކީ އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙް އެކި ދުވަސްވަރު އެކި ތަންތަނުގައި، އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ދައްކަވާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ނޫސްތަކުން ލިޔެފައިވާ ޚަބަރުތަކެއްގެ ސްކްރީންޝޮތްތަކެކެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ޖަނަވަރީ 14 ވަނަ ދުވަހު ރައީސް ޞާލިޙް ހދ. ނޮޅިވަރަމަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ، ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި ވިދާޅުވުމަށް ރިޢާޔަތްކޮށް ”ރާއްޖެ އެމްވީ“ އިން ލިޔެފައިވާ ޚަބަރުގެ ސްކްރީންޝޮޓް ދިޔާނާ ވަނީ ޙިއްޞާކުރައްވައިފައެވެ.

އެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފެށުމަށް ލަސްވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އިންތިޚާބުތައް ވަކިވަކިން އޮންނަ އޮތުން ކަމަށެވެ. ނަމަވެސް ތިން އިންތިޚާބު އެކުގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ރައީސް ޞާލިޙް ވަނީ އެ ޖަލްސާގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓުގެ ސްކްރީންޝޮޓް ވެސް ދިޔާނާ ވަނީ ޙިއްޞާކުރައްވައިފައެވެ. އެގޮތުން ރައީސް ނަޝީދު މިދިޔަ ޖަނަވަރީ މަހު އެކްސްގައި ޚިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް މި ވާހަކަތައް އެ ދުވަހު ދެއްކެވި ދެ ބޭފުޅުންގެ ޚިޔާލު ބަދަލުވެ، ދެ ބޭފުޅުންގެ ރާގު މިއަދު މިވަނީ ބަދަލުވެފައެވެ. ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި، އެ ދެ ބޭފުޅުންގެ ވާހަކަތައް މިއަދު ބަދަލުވެފައި މިވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަމުން ގެންދާ ދޮގު ވާހަކަތަކަށް މީގެ ކުރިންވެސް ދިޔާނާ ރައްދުދެއްވާފައިވެއެވެ. އެގޮތުން އިންތިޚާބުތައް ވަކިވަކިން ބޭއްވުމަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، އެކަން ބަދަލުކުރުމަށް، ދެ އިންތިޚާބު އެއް ދުވަހެެއްގައި ބާއްވައިގެން ނަމަވެސް އިތުރު ގޮތެއް ޓެސްޓު ކުރަންޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފައިވީ ނަމަވެސް، އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީއެންއެފްއިން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި