Sunday, 25 October 2026
Ads by

ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނެ: ޝަރީފް

ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނެ: ޝަރީފް

ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަތޮޅުތެރޭގެ ރަށްތަކުގައި ތަރައްޤީކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމުކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝަރީފް ހާމަކުރެއްވި ގޮތުގައި، ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމްކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން 19 ރީޖަނަލް ޔުނިޓަށާއި ހަތަރު މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް ޖުމްލަ 9،130،173.36 އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކުރާ ރަށްތަކަކީ:

  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ނ. މަނަދޫ
  • ރ. މާކުރަތު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • ކ. ތުލުސްދޫ
  • އއ. ރަސްދޫ
  • އދ. މަހިބަދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • މ. މުލި
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ތ. ވޭމަންޑޫ
  • ތ. ވިލުފުށި
  • ލ. ގަން
  • ގއ. ވިލިނގިލި

މި ޔުނިޓްތަކަށް ޖުމްލަ 456 މުވައްޒަފަކު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން އަދި ހަތަރު މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނެވެ. މީގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އެޕްރޫވަލް ކޮށްފައި ވަނީ 141 މަޤާމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް އިން އެޕްރޫވްވަލް ކޮށްފައިވާ ރަށްތަކާއި މަޤާމުތައް:

  • ހއ. ދިއްދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
  • ނ. މަނަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
  • އދ. މަހިބަދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 22 މަޤާމު
  • ވ. ފެލިދޫ ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު
  • ތ. ވޭމަންޑޫ ޕަބްލިކް ވަރކްސް ޔުނިޓަށް 23 މަޤާމު
  • ގއ. ވިލިނގިލި ޕަބްލިކް ވަރކްސް ޔުނިޓަށް 24 މަޤާމު

މިނިސްޓަރު ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، އޮފީސް ޢިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސް މިނިސްޓްރީއަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި