Saturday, 24 October 2026
Ads by

ނިޒާރުގެ އިހުމާލުން ވީރާނާވި އައްޑޫ ލިންކް ރޯޑަށް ދާއިމީ ހައްލެއް ހޯދައިދޭނަން: މުޝްރިފް

ނިޒާރުގެ އިހުމާލުން ވީރާނާވި އައްޑޫ ލިންކް ރޯޑަށް ދާއިމީ ހައްލެއް ހޯދައިދޭނަން: މުޝްރިފް

އައްޑޫ ސިޓީގެ މިހާރުގެ ސިޓީ ކައުންސިލާއި މޭޔަރު އަލީ ނިޒާރުގެ އިހުމާލުގެ ސަބަބުން ވީރާނާވެފައިވާ އައްޑޫ ސިޓީ ލިންކް ރޯޑު މަރާމާތުކޮށް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުޝްރިފްގެ ރަސްމީ ކެމްޕޭން އެކައުންޓުތަކުން މިއަދު އާންމުކުރި ވީޑިއޯއެއްގައި މުޝްރިފް ވަނީ އައްޑޫގެ ލިންކް ރޯޑު މިހާރު އޮތީ ބޭނުން ކުރަން އުނދުގޫ، ދެރަ ހާލަތެއްގައި ކަމަށް ވިދާޅުވެ އެތަން އެ ހާލަތަށް ދިޔައީ އެތައް އަހަރެއްގެ އިހުމާލުން ކަން ފާހަގަކުރައްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އަހަރަކު 200 މިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ދެމުން ގެންދާއިރު ލިންކް ރޯޑަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މަރާމާތު ކުރުމުގެ އެކަށީގެންވާ އެއްވެސް މަސައްކަތެއް ކައުންސިލްގައި ހިނގަމުންދާ ދައުރުގެ ތެރޭގައި ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އަންގާ މަސައްކަތްތައް ކުރުމަށް އައްޑޫގައި ގާއިމުވެ 50 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، އަހަރަކު 20 ވަރަކަށް ފީފާގެ ތާރު ގަނެގެން ލިންކްރޯޑުގެ މަރާމާތު ކުރެވެން އޮތް ނަމަވެސް ކައުންސިލުން މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.

ނަތީޖާއަކަށް ވެގެންގޮސްފައިވަނީ 23 އަހަރު ކުރިން ތަރައްގީ ކުރި ލިންކްރޯޑު ބޭނުންކުރަން ދަތި މިންވަރަކަށް ހަލާކުވެ އެކަމުގެ ސަބަބުން ސިއްހީ ގޮތުން އަދި މާލީ ގޮތުން އައްޑޫގެ ގިނަ ބަޔަކަށް މެދުކެނޑުމެއްނެތި ގެއްލުން ވަމުން ދިޔުމެވެ.

”މިކަހަލަ މަޝްރޫއުތަކަށް ހަދާފައި ހުންނަ އެގްރިމެންޓުތަކުގައި އަބަދުވެސް އޮންނާނެ އެ މީހުންގެ ފަރާތުން ލިބޭ ގެއްލުންތައް ފޫބެއްދޭނެ ފަދަ ކޮންމެވެސް ކްލޯޒް އެއް. އެހެންވީމަ އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ މި މަޝްރޫއުގެ އެއްބަސްވުމުގައި އެހެން އޮތްތޯ،“ މުޝްރިފު ވިދާޅުވިއެވެ.

ލިންކް ރޯޑު މިހާރު އޮތް ވަރަށް ވީރާނާވެ ހަލާކުވެގެން ދިޔައީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއަށް، އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ހެވީ ވެހިކަލްތައް ދުއްވުމަށް އެ މަގު ބޭނުންކުރުމުގެ ސަބަބުން ކަން މުޝްރިފް ހަނދާންކޮށްދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި