Saturday, 24 October 2026
Ads by

އަހަރުމެން މިތިބީ ސާބިތުކޮށް އިރާން އާއިއެކު: ރަޝިޔާ

އަހަރުމެން މިތިބީ ސާބިތުކޮށް އިރާން އާއިއެކު: ރަޝިޔާ

އީރާނަށް މި ވަގުތު ކުރިމަތިވެފައިވާ އުނދަގޫ އަދި ބިރުވެރި ދަނޑިވަޅުގައި، ރަޝިޔާއިން ތިބީ ސާބިތުކަމާއެކު އީރާނާ އެކުގައި ކަމަށް އެ ޤައުމުން ބުނެފިއެވެ.

Ad Image
Ads by

ހުސްވި ފެބްރުއަރީ މަހުގެ 28އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނުގައި، އީރާނާ އެންމެ ގާތް އެއް ޤައުމުކަމަށްވާ ރަޝިޔާއިން އީރާނުގެ ދިފާއުގައި ތިބިކަން ހާމަކުރެއްވީ އެ ޤަުމުގެ ރައީސް ވްލެޑިމީރް ޕުޓިން ފޮނުއްވި މެސެޖެއްގައެވެ.

އީރާނުގެ އައު އަހަރުގެ މުނާސަބަތުގައި، ޕުޓިން ފޮނުއްވި މެސެޖްގައި ވަނީ، އީރާނަށް މިހާރަށް ކުރިމަތިވެފައިވާ އުނދަގޫ އަދި ބިރުވެރި ދަނޑިވަޅުގައި ގާތް ރަހުމަތްތެރިއެއް އަދި އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައި ރަޝިޔާ އޮތް ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ޕުޓިން މީގެ ކުރިން ވަނީ، އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގެ ސަބަބުން، މުޅި ދުނިޔެ ހަކަތައިގެ ކާރިސާއެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ޔަހޫދީންނާއި އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ ރޫހީ އެންމެ އިސް ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުން ވެސް ކުށްވެރިކޮށް، އެއީ ޤަތުލުކުރުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ދަނީ ޔަހޫދީންގެ މުހިންމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބި އަސްކަރީ މަރުކަޒުތަކަށް ހުއްޓުމެއްނެތި ޙަމަލާތައް އަމާޒުކުރަމުންނެވެ. މި ޙަމަލާތައް ޢަމާޒުކުރުމަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތު ރަޝިޔާއިން އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލާނަމަ، އޭގެ ބަދަލުގައި އީރާނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން ހުއްޓައިލަން ރަޝިޔާއިން އެމެރިކާއަށް ހުށަހަޅާފައިވާކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ. ނަމަވެސް، ރަޝިޔާއިން ވަނީ އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި