Wednesday, 9 September 2026
Ads by

ލިބިފައިވާ ބިން ދަޢުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުޞޫލު ބަދަލުކުރަނީ

ލިބިފައިވާ ބިން ދަޢުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުޞޫލު ބަދަލުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި، ދަޢުލަތަށް ދޫކޮށްލަންޖެހޭ ބިންކޮޅު ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުޞޫލު އިޞްލާޙުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހިނގަމުންދާ އެކި ކަންކަމާއި، އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުން އެކި ކަންކަމުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ބޯހިޔާވަހިކަމުގެ ސްކީމުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެކަން ކުރިޔަށްދާނެ ކަމަށެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި ދަޢުލަތަށް ދޫކޮށްލަންޖެހޭ ބިންކޮޅާބެހޭ ތަފްޞީލުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ގެޒެޓުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާރު އޮންނަގޮތުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތިއްޔާ ދަޢުލަތަށް އެ ބިންކޮޅު ދޫކޮށްލަންޖެހޭ ކަމަށާއި ނަމަވެސް އެ އުޞޫލު ބަދަލުކުރާނީ އެ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ އިތުރުން ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން އެ މީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭ ގޮތަށް ކަމަށާއި ދަޢުލަތަށް އެ ބިން ދޫކޮށްލަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފަރާތްތަކާއި މިދިޔަ ސަރުކާރުން ފެށިގެން އައިސް މި ސަރުކާރުގައި ފްލެޓް ޙަވާލުކުރެވުނު ފަރާތްތަކަށްވެސް މި އުޞޫލު ހިނގާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަޢުލަތަށް ދޫކޮށްލަންޖެހޭނީ ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ޙާލަތެއްގައި އެ ފްލެޓެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މުޅިގޯތި އެއްކޮށް ދޫކޮށްލާފައި ހުރިހާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން ގޯތި ލިބިފައިވާނަމަ، އެ ފަރާތްތަކުން އެ ބިން ދަޢުލަތަށް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ހަމައެއާއިއެކު ލާޖައްސާ އުޞޫލުން ބިން ދޫކޮށްލާ ކެޓެގަރީން ދޫކޮށްލާ މުޅި ގޯތިވެސް ދަޢުލަތަށް ދޫކޮށްލަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި