ހެނދުނުގެ ނާސްތާ ނުކައި ދޫކޮށްލުމަކީ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާއެވެ.
ހެނދުނުގެ ނާސްތާގެ ސަބަބުން ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ މެޓަބޮލިޒަމް ޖަމްޕްސްޓާކޮށް، މުޅި ދުވަހު އިތުރު ކެލޮރީސް އަންދާލުމަށް އެހީތެރިވެދިނުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާ ދޫކޮށްލާ މީހުން ދުވާލު ގަޑީގައި ކެލޮރީސް ކުޑަކޮށް ކާ ނަމަވެސް ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި މަތި ކުރުމެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްލުމުން ލިބޭ ގެއްލުންތައް އެކި ދިރާސާތަކުން ވަނީ ފެނިފައެވެ. އެގޮތުން ބަރުދަން އިތުރުވުމުގެ ފުރުޞަތު ބޮޑުވެ, އަދި ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމުގެ ފުރުސަތު ބޮޑެވެ.













