Sunday, 26 July 2026
Ads by

ސަރުކާރު ހިނގަމުންދާގޮތް ރަނގަޅު، ރައީސްއަށް އިތުބާރުކުރަން: އާދަމް މަނިކު

ސަރުކާރު ހިނގަމުންދާގޮތް ރަނގަޅު، ރައީސްއަށް އިތުބާރުކުރަން: އާދަމް މަނިކު

މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު---

ސަރުކާރު ހިނގަމުންދާގޮތް ރަނގަޅު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރަނގު އާދަމް މަނިކު މި މޭރުމުން ވިދާޅުވީ، ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަރަނގު އާދަމް މަނިކު ވިދާޅުވީ، އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ރައީސް މުޢިއްޒުއަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ.

އަޅުގަނޑު މިހުންނަނީ ބައްލަވާ އެމްޑީޕީގައި، އެކަމު އިންތިޚާބުވުމުގެ ކުރިންވެސް އަދި އިންތިޚާބުވުމުގެ ފަހުންވެސް އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި އޮންނަ ގާތް ކަމަކަށް އެއްވެސް ބަދަލެއް ނާދޭ، ދެން މީހުން ފާޑުފާޑު ވާހަކަދައްކާނެ، ރައީސް މުޢިއްޒުއަކީ މިވެނި ކަހަލަ މީހެކޭ، އެއީ ދެން އެ މީހުންގެ އަމިއްލަ ޚިޔާލުތާ،“ – ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒު ގޯސްކޮށް އެއްވެސް ކަމެއް ކުރައްވާފައިނުވާކަން ފާހަގަކުރައްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، މިހާރު ދިވެހިންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ވަކިން ޚާއްޞަކޮށް ދަރަނިތަކަކީ ރައީސް މުޢިއްޒު އުފައްދަވައިގެން އުޅުއްވާ މައްސަލަތަކެއް ނޫން ކަމަށެވެ.

”މި ދަރަނިތަކާއި އަޅުގަނޑުމެންނަށް ހިނގައިނުގަނެވޭ ކަހަލަ ބޮޑެތި އަޅުގަނޑުމެންގެ ދަރިންގެ ދަރިންވެސް ސަލާމަތް ނުވާ ހިސާބުގައި ހުރި ބޮޑެތި ދަރަނިތަކަކީ ރައީސް މުޢިއްޒު އުފެއްދެވި ދަރަނިތަކެއްތޯ؟، ނޫން އަޅުގަނޑުމެން ހަނދާންވެސް ބަލީއޭ އިނގޭތޯ، ކޮވިޑުގެ ތެރޭގައިވެސް ތިބޭފުޅުންނަށް އަޑުއިވޭނެ ކިހިނެއްތޯ ކޮވިޑަށް ލިބުނު ލާރިތަކާ އެއްޗިއްސަށް ވެގެން ދިޔައީ، އެކަހަލަ އަޑެއްވެސް ރައީސް މުޢިއްޒުގެ ފަރާތަކުން ނީވޭ، – ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

މިއަދު ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ދަތިތަކަކީ، މީގެ ކުރީގެ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނިތަކުގެ ސަބަބުން ކުރިމަތިލަންޖެހިފައިވަ ދަތިކަން ކަމަށާއި، މިކަން ހުރިހާ ދިވެހިންނަށް ދަންނަންޖެހޭ ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ސަރަނގު އާދަމް މަނިކު ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން ވެސް ހާމަކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މަކާރިމް ޖރ
މަކާރިމް ޖރ
4 މަސް ކުރިން

މީނާގެ ބޮޑު އެދުމެއް ފޮރުވިފައި އެބައޮތް

Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި