Wednesday, 9 September 2026
Ads by

އެމްޑީޕީއެއް މިހާރަކު ނެތް، އެ ޕާޓީގެ އިސް ސަފުގައި މިއަދު ތިބީ ޑީއާރުޕީ މީހުން: އާދަމް މަނިކު

އެމްޑީޕީއެއް މިހާރަކު ނެތް، އެ ޕާޓީގެ އިސް ސަފުގައި މިއަދު ތިބީ ޑީއާރުޕީ މީހުން: އާދަމް މަނިކު

މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު---

އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި، އެ ޕާޓީގެ އިސް ސަފުގައި މިއަދު ތިބީ ޑީއާރުޕީ މީހުން ކަމަށް މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރަނގު އާދަމް މަނިކު މި މޭރުމުން ވިދާޅުވީ، ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން، މޫސާ ޖަލީލުއާއި ބައްދަލުކުރެއްވުމަށްފަހު، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަރަނގު އާދަމް މަނިކު ވިދާޅުވީ، މިއަދު އޭނާ އެ ވާހަކަ ދެއްކެވި ނަމަވެސް، އެއްވެސް ބަޔަކަށް އެ ވާހަކަ ކަމަކުނުދާނެ ކަމަށެވެ.

”ކޮބާތޯ ޑީއާރުޕީއަށް ނިސްބަތްނުވާ މީހަކު ދައްކަވަބަލަ އެމްޑީޕީގެ އިސް ސަފުން، އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ އިނގޭތޯ، ހަނދާން ނެތެންނޫންތޯ އެއީ އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުންނެއް ނޫންތޯ މިއަދު އެ ތިބީ، ޢަބްދުﷲ ޝާހިދަކީ ކާކުތޯ؟، ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟،“ – ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

އެމްޑީޕީ އުފެއްދެވުމުގައްޔާއި އެ ޕާޓީގައި ޕާޓީއެއްގެ ސިފަ ޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަން ފާހަގަކުރައްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީއަށް ފުރަތަމަ ދައުރުގައި ވެރިކަން ކުރަން ފުރުޞަތު ލިބުނީވެސް އެ ޕާޓީގެ އަސްލު ޙަޤީޤީ މެންބަރުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެކަން މިއަދު ހަނދާންވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު އިތުރަށް ވިދާޅުވީ، އެމްޑީޕީ އެމްޑީޕީއަށްވުމަށްފަހުގައި އަލުން އެ ޕާޓީގެ މަސައްކަތްތަކުގެ އިސް ސަފުން ފެނިގެންދާނެ ކަމަށެވެ. އޭގެ މާނައަކީ އެމްޑީޕީން ވަކިވެ އެހެން ސިޔާސީ ޕާޓީއަކާ ގުޅެން އުޅެނީ ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ސަރަނގު އާދަމް މަނިކު ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި