Saturday, 24 October 2026
Ads by

ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރުއަޅައި މަގު ތަރައްޤީކުރަން ފަށަނީ

ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރުއަޅައި މަގު ތަރައްޤީކުރަން ފަށަނީ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވިފައި--- ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރުތަމަ ފިޔަވަހީގެ ބާކީ ނުނިމި ހުރި ހަތަރު ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެ ތެރެއިން ލޯކަލް މާރުކޭޓުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން މަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، 610 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި، މަގުގެ ޖާގަ އިތުރުކޮށް މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ގޮތުން ބަންދުކުރުމަށް ނިންމާފައިވަނީ ވަކިވަކި ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން، މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަޙައްދު: 21 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
  • މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 30 މާރިޗުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.
  • ފަސް ނަންބަރު ފާލަމުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު: 17 އޭޕްރީލުން ފެށިގެން މަސައްކަތް ނިންމައި ސަރަޙައްދު ހުޅުވެންދެން.

ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ޖުމްލަ 144.5 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި