Wednesday, 9 September 2026
Ads by

ހަނގުރާމަ ދާއިމީކޮށް، ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އީރާނުން ބުނެފި

ހަނގުރާމަ ދާއިމީކޮށް، ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އީރާނުން ބުނެފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް، އެއްކޮށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އީރާން ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އިން ޔަހޫދީންނާއި ގުޅިގެން އީރާނަށް ހަމަލާދޭން ފެށީވެސް، އީރާނުން ނިއުކްލިއާ މަސައްކަތްތައް ހުއްޓާނުލައިފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދިޔަ ދަނޑިވަޅެއްގައެވެ.

ހަނގުރާމަ މިހާރު އިތުރަށް ހޫނުވަމުން އަންނަ ދަނޑިވަޅެއްގައި ޖަޕާނުގެ ކިޔޯޑޯ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވުރެ، އިތުރަށް ހަނގުރާމަަ ކުރިއަށް ނުގެންދާނެ ކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ.

”އަޅުގަނޑުމެންގެ މެސެޖަކީ މި ހަނގުރާމައަކީ އަޅުގަނޑުމެން ފެށި ހަނގުރާމައެއް ނޫން. މިއީ އަޅުގަނޑުމެންނަށް އަމާޒުކޮށް ފެށި ހަނގުރާމައެއް. އަޅުގަނޑުމެންގެ އެމެރިކާއާ މަޝްވަރާ ކުރަމުން ދަނިކޮށް، އެ މީހުން އަޅުގަނޑުމެންނަށް ހަމަލާ ދޭން ނިންމީ. މިއީ ފާޅުކަން ބޮޑު އަނިޔާވެރި އަމަލެއް. ގާނޫނާ ހިލާފު، އިންސާފުވެރި އަދި ނުހައްގު އަމަލެއް،“. އަރަގްޗީ ވިދާޅުވިއެވެ.

އީރާނުން މަސައްކަތް ކުރަމުން ދަނީ ހަމައެކަނި އަމިއްލަ ދިފާއުގައި ކަމަށާއި ކޮންމެ ހާލެއްގައިވެސް ނަފްސު ދިފާއުކުރުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަމިއްލަ ނަފްސު ދިފާއު ކުރުމުގައި އަޅުގަނޑުމެން ކޮންމެ ފަދަ ހާލެއްގައިވެސް ދެމި ތިބޭނަން، އަޅުގަނޑުމެންގެ ވިސްނުމަކީ، އަދި އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުންވާ ވާހަަކައަކީ މިދިޔަ އަހަރުގެ ހާލަތު ތަކުރާރުވިޔަ ނުދިނުމަށް، ހަނގުރާމަ ހުއްޓާލުުން އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް،“. އޭނާ ވިދާޅުވިއެވެ.

ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި، މި ހާލަތު ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އޮންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި