Wednesday, 9 September 2026
Ads by

ރަމަޟާން މަސް ނިމުމުން އަޅުކަމުގެ ދުވަސްތަކެއް ނުނިމޭ، 6 ރޯދައަކީ އަޅުކަމަށް ލިބޭ ދަޢުވަތެއް: ރައީސް

ރަމަޟާން މަސް ނިމުމުން އަޅުކަމުގެ ދުވަސްތަކެއް ނުނިމޭ، 6 ރޯދައަކީ އަޅުކަމަށް ލިބޭ ދަޢުވަތެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރަމަޟާން މަސް ނިމުމުން އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫންކަމަށާއި، ކުރިއަށް އޮތް ޝައްވާލް މަހުގެ ހަ ރޯދަ އަކީ އަޅުވެރިކަމުގެ ދުވަސްތައް އަލުން ފަށައިގެން ކުރިޔަށް ދިޔުމަށް ލިބޭ ދަޢުވަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މި މޭރުމުން ވިދާޅުވީ، ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން ޢީދުގެ ތަޙުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވެވި ޚިތާބުގައެވެ. ރައްޔިތުންނަށް ފޮނުއްވެވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ، ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބުމަށް އިސްލާމްދީން ގޮވާލަނީ ވަރަށް ފުރިހަމަ ނިޒާމަކުން ކަމަށެވެ.

”ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށްފަހު، އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެކަމުގެ އުންމީދާއެކީގައި، އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް، ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފިކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކީގައި،“ – ފިޠުރު ޢީދުގެ ތަޙުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ.

ޢީދުގެ އުފަލަކީ މާތްﷲ އަށް ޙަމްދުކުރުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މުނާސަބަތުގައި ފާހަގަކުރަންވީ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފާ ކަމަށެވެ. އެއީ ކީރިތި ޤުރްއާން ކިޔެވުމާއި، ޛިކުރުކުރުމާއި، އިސްތިޣްފާރު ކުރުމުގައި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފާ އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަޙައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ޢީދުގެ އުފަލަކީ މާތްﷲ އަށް ޙަމްދުކުރުމާއި، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމުގެ އިތުރުން މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ ފަރުދީ ގޮތުންނާއި، ޖަމާޢަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން ކަމަށެވެ.

ފިޠުރު ޢީދުގެ ތަޙުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އެއްވެސް ކަމެއްގައި މިންގަނޑުން ބޭރުވުމެއްނުވާ ކަމަށެވެ. އެގޮތުން ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށާއި ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަންކަމަށް ކަމަށާއި، އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށް ކަމަށެވެ.

”ވަކިވެގެންދިޔަ ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި، ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނެ، ރަނގަޅު ޢަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކޮށް، ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމިތިބުމަށް ބާރުއަޅައި، ހުރިހާ މާނައެއްގައި އަދި ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމަށް، ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިން،“ – ރައީސް ވިދާޅުވިއެވެ.

ޢީދު ދުވަހުގެ ތަޙުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ޢީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުއްމަތާ ބައްދަލުކުރިއިރު، އުއްމަތް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގައި އަދި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަޚުންނާއި އުޚްތުންނެއް ވަނީ، ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، އެ އަޚުންނާއި އުޚްތުންގެ މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވާ ކަމަށާއި މި ޙާލަތުގައި އަވަސް ގޮތެއްގައި އެދެވެނީ އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި