Wednesday, 9 September 2026
Ads by

ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދު

ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދު

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: އަދާލަތު ޕާޓީ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދުކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެ ޕާޓީން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާ ކަމަށެވެ.

ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ތަޞްދީޤުކުރުމަށް، އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

މައި ދެ އިންތިޚާބު އެއްދުވަހެއްގައި އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކަކުން ސަރުކާރުގެ މި ވިސްނުމަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ސަރުކާރުގެ ވިސްނުމަށް ތާއީދުކުރާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މި ސަރުކާރު ގެނައުމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން އޭރު މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް، އެ ޕާޓީން ފަހުން ވަނީ ޕީއެންސީ ސަރުކާރުގެ ކޯލިޝަނުން ވަކިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ ފަހުން ސަރުކާރުގެ ނިންމުމަކަށް އެމްޑީއޭއިން ތާއީދުކުރި މިއީ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވެސް ވަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފައެވެ. އެހެންކަމުން މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް މިހާރު ވާހަކަދައްކަނީ އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްއިންނެވެ.

މި ސަރުކާރުން މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ގެންގުޅޭ ވިސްނުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް މީގެ ކުރިން އެ ޕާޓީގެ ބައެއް އިސްވެރިން މިކަމަށް ތާއީދުކޮށް ވާހަކަދައްކާފައިވެއެވެ. އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގޮތް ނިންމުމަށް ރައްޔިތުންނަށް އެ ފުރުޞަތު ސަރުކާރުން ވަނީ ދޭން ނިންމައިފައެވެ. އެގޮތުން އެ ނިންމުން ރައްޔިތުން ނިންމާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި