Sunday, 25 October 2026
Ads by

ހަކަތައިގެ ސައިޓްތަކަށް ދިން ހަމަލާތަކާއެކު އީރާނުން ”ރަތް ރޮނގު“ ހުރަސްކޮށްފި ކަމަށް ޤަތަރުން ބުނެފި

ހަކަތައިގެ ސައިޓްތަކަށް ދިން ހަމަލާތަކާއެކު އީރާނުން ”ރަތް ރޮނގު“ ހުރަސްކޮށްފި ކަމަށް ޤަތަރުން ބުނެފި

އީރާނުގެ ހަމަލާއަކާއި ގުޅިގެން ގަތަރުގެ މައި ގޭސް ފެސިލިޓީގައި ރޯވުމުން އީރާނުން ”ރަތް ރޮނގު“ ހުރަސްކޮށްފި ކަމަށް ޤަތަރުން ބުނެފިއެވެ.

Ad Image
Ads by

ޤަތަރުގެ ވެރިރަށް ރަހުގެ ލަފާން ގޭސް ޕްލާންޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓްރީން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ޤަތަރުގެ ބަޔާނުގައި ބުނީ އީރާނުން އާންމުންނާއި، އާންމު ތަންތަނަށް އަމާޒުކޮށް އެ ސަރަޙައްދުގެ ޤައުމުތަކަށް ދިން އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ”ރަތް ރޮނގު“ ފަހަނައަޅައި ގޮސްފި ކަމަށެވެ.

”އީރާނުން އާންމުންނާއި އާންމު ތަންތަނަށް އަމާޒުކޮށް މި ސަރަހައްދުގެ ގައުމުތަކަށް ދިން އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެވަނީ ”ރެޑް ލައިން“ ފަހަނައަޅާފަ“  އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ނަތީޖާއިން އެ ސަރަހައްދު ސަލާމަތް ކުރަން ޖެހޭ ކަމަށް  ޤަތަރުގެ މިނިސްޓްރީން  ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތާއި ހަމަޖެހުން އަލުން އިއާދަ ކުރުމަށް މަސައްކަތް ކުރަން އިސްކަންދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޤަތަރުގެ މި ފެސިލިޓީއަށް އީރާނުން ދިނުމުގެ ކުރިން،އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަ ތެޔޮ ފެސިލިޓީތައް ކަައިރީގައި ދިރިއުޅޭ މީހުން އެތަންތަން ދޫކޮށް ރައްކާތެރި ސަރަހައްދަކަށް ދިއުމަށް އަންގައިފައެވެ.

ޤަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާސް ލަފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ އެ ގައުމުގެ ސިޔާދަތަށް އަރައިގަނެ، ގައުމީ ސަލާމަތަށް އޮތް ސީދާ ނުރައްކަލެއް ކަމަށްވެސް ބުނެފައި ވެެެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި