ރޭ މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިހާދިސާގައި ރޯވެ އަނދާފައިވަނީ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރުކަޒުގެ ކައިރީގައި ހުރި ގުދަނެކެވެ.
ރޯވި އަލިފާން ގަނޑު އެމްއެންޑީއެފުން ނިއްވާލާފައިވާއިރު، މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގައެވެ. މިއީ ޠައިބާ މިސްކިތް ކައިރީގައި ހުންނަ ގުދަނެކެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ހަތަރު ގެއަކުން 32 މީހުން އިވެކުއޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރު (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.
އަލިފާން ރޯވެ އެނދި އެ ގުދަނަކީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ހުރި ގުދަނެކެވެ.












