Wednesday, 9 September 2026
Ads by

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސިޔާސީ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުން ލިބޭނެ: ބަންޑާރަ ނައިބު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސިޔާސީ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުން ލިބޭނެ: ބަންޑާރަ ނައިބު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ރާއްޖޭގައި އޮތް ސިޔާސީ ދެކޮޅުވެރިކަމަށް ދާއިމީ ހައްލެއް ލިބި އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީއްސުރެ ރާއްޖެއިން ވަނީ ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކާއި ގޮންޖެހުންތަކަކާ ކުރިމަތިލާފައި ކަމަށެވެ. އަދި ރާއްޖޭގައި އަބަދުވެސް ކޮންމެވެސް އިންތިޚާބެއްގެ ވާދަވެރިކަން އޮތުމަކީ ގައުމުގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

”ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުންވެސް އެންމެ ފުރަތަމަ ބަލާ އެއްކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން އެބައޮތްތޯ. އަބަދު މި އިންތިޚާބެއްގެ ތެރޭގައި އަޅުގަނޑުމެން އުޅޭތީވެ، އެކި ފަރާތްތަކުން އެ ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ހިއްސާކޮށްފައި އެބަހުރި،“ އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި މިހާރު ކަންކަން އޮތްގޮތުން، ރިޔާސީ އިންތިޚާބު ނިމި ހަ މަސް ފަހުން މަޖިލިސް އިންތިޚާބު، އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން ކައުންސިލް އިންތިޚާބު ބާއްވަން ޖެހުމުން، ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބޭ ފަސް އަހަރުގެ ދައުރުގެ ބޮޑުބައެއް ހޭދަވަނީ އިންތިޚާބީ ވާދަވެރިކަމުގެ ތެރޭގައެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ވަނީ ވަނީ ފާސް ކޮއްފައި ކަމަށާއި. އަދި އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އެކު މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މައިގަނޑު ދެ މަޤްސަދަކީ:

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން.
މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ 1 ޑިސެމްބަރު ކަމަށް ކަނޑައެޅުން ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ، މި ބަދަލު އަތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށްފަހު، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާ މަޖިލިސް ހުވާކުރާނެ ކަމަށެވެ. މީގެ ސަބަބުން ވޭތުވެދިޔަ 20-25 އަހަރު ރާއްޖޭގައި އޮތް ސިޔާސީ ދެކޮޅުވެރިކަން ވަރަށް ބޮޑަށް ހައްލުވެ، ގައުމަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި