Wednesday, 9 September 2026
Ads by

ފެރީތަކާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދެނީ

ފެރީތަކާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދެނީ

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ޚިދުމަތް ދޭ ފަރާތްތަކުގެ އިތުރުން މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެސްޓީއޯއިން މިއަދު ބުނެފައިވަނީ، އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ޚިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ’ފަހިހަކަތަ‘ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި މަސްވެރިންނަށްވެސް ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދޭނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުގައި އެސްޓީއޯއިން ތެޔޮ ގަނެގެން ފިއުލް ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ މި ނިންމުމަކީ އާންމުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނޭހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށް އެ ކުންފުނިން ވަނީ އިތުރަށް ބުނެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، އިޒުރޭލާއި އެމެރިކާ އިސްވެ، އީރާނަށް ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން، އީރާނުން ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުތަކަށް ދަތުރުނުކުރެވޭނޭހެން ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަމުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ. ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވާއިރު، ޕަބްލިކް ޓްރާންސްޕޯރޓް ޓިކެޓްގެ އަގުތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެގޮތުން ކުރިން 13.50 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.01 ރުފިޔާއެވެ. މިއީ ލީޓަރަކުން 2.51 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 18.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެހެންމެ، ކުރިން 13.92 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއް އަގު މިހާރު ވަނީ 17.54 ރުފިޔާއަށް އުފުލިފައެވެ. މިއީ ލީޓަރަކުން 3.62 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 26 އިންސައްތައިގެ އިތުރުވުމެކެވެ.

ސަރުކާރުން އަންނަނީ ރާއްޖެއަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ބައިނަލްއަޤުވާމީ އިތުރު މާކެޓުތަކުން ލިބޭނެގޮތް ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި