Wednesday, 9 September 2026
Ads by

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ބާވަތްތައް ބެހުމުގެ މަސައްކަތް ފަށައިފި

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ބާވަތްތައް ބެހުމުގެ މަސައްކަތް ފަށައިފި

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ބާވަތްތައް ބެހުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: ޕީއެސްއެމް

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ބާވަތްތައް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

Ad Image
Ads by

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ މީގެ ތިން ދުވަސް ކުރިން، މި މަހުގެ 14 ވަނަ ދުވަހުއެވެ. ޒަކާތު ހައުސްއިން މީގެ ކުރިން ބުނީ، ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވާ ތަކެތި ބެހުމުގެ މަސައްކަތް މި މަހުގެ 17 އަދި 18 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.

ޒަކާތުގެ ގޮތުގައި ލިބިފައިވާ ތަކެތި ބަހަމުންދާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް އަދި މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށް ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. އަދި މި ތަކެތި ބެހުމުގެ މަސައްކަތްތައް ކުރިއަށްދާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ކަމަށްވެސް ޒަކާތު ހައުސްއިން ވަނީ މަޢުލޫމާތު ދީފައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިކަމާ ގުޅޭ މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، މިހާތަނަށް 5.7 ޓަނުގެ ގޮވާން ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ ބާސްމަތީ ހަނޑޫ ކަމަށެވެ. އެގޮތުން 3.2 ޓަނުގެ ބާސްމަތީ ހަނޑުލާއި، 1.4 ޓަނުގެ އާދައިގެ ހަނޑުލުގެ އިތުރުން 300 އެއްހާ ކިލޯގެ ފުއް ލިބިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބެހުމަށްފަހުގައި ބާކީވާ ތަކެތި، ބޭނުންޖެހިފައިވާ އެހެން ފަރާތްތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހު އެ ތަކެތި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ޙަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި