Sunday, 26 July 2026
Ads by

އެންޓި-ކެމްޕެއިން ކުރުމާއި އަބުރަށް އަރައިގަތުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

އެންޓި-ކެމްޕެއިން ކުރުމާއި އަބުރަށް އަރައިގަތުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ނަންބޯޑު---

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާއިރު، އެންޓި-ކެމްޕެއިން ކުރުމާއި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އީސީން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކެންޑިޑޭޓެއްގެ ޙައްޤަކަށް އަރައިގަތުމާއި ދޮގު މަޢުލޫމާތު ފެތުރުމަކީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ. އެގޮތުން ކެންޑިޑޭޓަކަށް އަމާޒުކޮށްގެން ކެންޑިޑޭޓުންގެ ކެމްޕެއިން ވަސީލަތްތަކަށް ގެއްލުން ދިނުމާއި، އޮންލައިންކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ކެންޑިޑޭޓުންގެ އަބުރާ ބެހުމާއި ފުރައްސާރަކުރުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ކެންޑިޑޭޓަކަށް އަމާޒުކޮށް ހަޑި ހުތުރު ބަހުން ވާހަކަދެއްކުމާއި، ކެންޑިޑޭޓުންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ދެކެވޭ ޙަޤީޤަތެއް ނެތް ވާހަކަތަކަށް ހިތްވަރު ދިނުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އީސީން ވަނީ ބުނެފައެވެ. ހަމައެހެންމެ، ކެންޑިޑޭޓަކަށް އެހެން މީހެއްގެ ފަރާތުން އެފަދަ ޢަމަލުތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އީސީން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފޯރި ގަދަވެ، ކެމްޕެއިން ހަރަކާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

އިސީން ވަނީ އިންތިޚާބާ ބެހޭ މަޢުލޫމާތުތައް ހޯދުމަށް އަދި އިންތިޚާބާ ބެހޭ މައްސަލަތައް ހުށަހެޅުމަށް 1414 އަށް ގުޅުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި