Sunday, 26 July 2026
Ads by

މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ އެމްޑީޕީން ކޮންޖެޝަން ފީއެއް ނަގަން އުޅުނު: ޝުޖާއު

މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ އެމްޑީޕީން ކޮންޖެޝަން ފީއެއް ނަގަން އުޅުނު: ޝުޖާއު

މެންބަރު ޝުޖާއު ޕީއެންސީ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ--- ފޮޓޯ: ޕީއެންސީ

މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ އަތުން ކޮންޖެޝަން ފީއެއް ނަގަން އުޅުނު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއް ކަމަށް ބުނެ، ރައްޔިތުންގެ އަތުން ”ކޮންޖެޝަން ފީ“ ގެ ނަމުގައި ޓެކްސްއެއް ނެގުމަށް އޭރުގެ ކެބިނެޓުން ނިންމައި، އެކަމާ ގުޅޭ ލިޔެކިޔުންތައް މާލޭ ސިޓީ ކައުންސިލާ ޙިއްޞާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ މަކަރުވެރި މި ރޭވުން ހުއްޓުވީ މާލޭ ސިޓީގެ މޭޔަރުކަމުގައި އޭރު ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް، ޝުޖާއު ވަނީ ވިދާޅުވެފައެވެ.

”އެމްޑީޕީ ވެރިކަމުގެ ތެރޭގައި އުޅުނޭ މާލޭގެ ރައްޔިތުންގެ އަތުން ނުވަތަ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އަތުން ގަނޑުކޮށް ޓެކުހެއް ނަގަން، މިއީ ކެބިނެޓުގަ މަޝްވަރާ ކުރެވުނުކަމެއް. އެ ޓެކްސްއަށް ކިޔަން އުޅުނީ ”ކޮންޖެޝަން ފީ“، ކެބިނެޓުގަ މަޝްވަރާކުރެވުނު ޕޭޕަރެއް މާލޭ ސިޓީ ކައުންސިލާ ޙިއްޞާ ކުރެއްވި،“ – މެންބަރު ޝުޖާއު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި