Wednesday, 9 September 2026
Ads by

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއްނޫން، އެ ނިޒާމު ފެށިގެން އައީ މައުމޫންގެ ވެރިކަމުގައި: ސަލީމް

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއްނޫން، އެ ނިޒާމު ފެށިގެން އައީ މައުމޫންގެ ވެރިކަމުގައި: ސަލީމް

މެންބަރު ސަލީމް ރޭ ބޭއްވި ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ--- ފޮޓޯ: ޕީއެންސީ

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އަމިއްލަ އުފެއްދުމެއް ނޫން ކަމަށާއި، އެ ނިޒާމު ފެށިގެން އައިސްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ސަލީމް މި މޭރުމުން ވިދާޅުވެފައިވަނީ، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ފަތުރަމުންދަނީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން، އެއީ އެމްޑީޕީގެ ”ދަރިއެއް“ ކަމަށް ބުނެ އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކަށް އޭނާ ވަނީ ވަރުގަދަ ރައްދެއް ދެއްވައިފައެވެ.

”އެމްޑީޕީ މީހުން ވަރަށް ފަސޭހައިން ބުނަމުން އަންނަ ވާހަކައެއް މީ ތިމަންނަމެންގެ ނިޒާމެކޭ، ތިމަންނަމެންގެ ދަރިއެކޭ. މީ އެއްގޮތަކަށްވެސް އެހެން އައިކަމެއް ނޫން. މިކަމަކީ ރައީސް މައުމޫނުގެ ދުވަސްވަރުގަ ޙަޤީޤަތުގަ މިކަން ފެށިގެން އައީ،“ މެންބަރު ސަލީމް ވިދާޅުވިއެވެ.

މެންބަރު ސަލީމް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ގެނައުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެއްޓެވި ބޭފުޅަކީ ޢަބްދުﷲ ޙަމީދުއެވެ. އޭގެ ފަހުން އިލްޔާސް އިބްރާހީމާއި، ކުރީގެ ނައިބު ރައީސް މުޙައްމަދު ވަޙީދުއްދީން ވެސް މިކަމުގައި އިސްކޮށް އުޅުއްވި ކަމަށާއި، ވަކިން ޚާއްޞަކޮށް ކުރީގެ ނައިބު ރައީސް ވަޙީދުއްދީން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، މި ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

”ލާމަރުކަޒީ“ މި ލަފުޒަކީ މީގެ ކުރިން ދިވެހިންނަށް އިވިފައިވާ އަދި ދިވެހިން ދަންނަ ލަފުޒެއް ނޫންކަން ފާހަގަކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ، މި ލަފުޒު އެންމެ ފުރުތަމަވެސް ދިވެހިންނަށް އިވިގެން ގޮސްފައިވަނީ ރައީސް މައުމޫންގެ ދޫފުޅުން ކަމަށެވެ.

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ލާމަރުކަޒީ ނިޒާމު ޤަބޫލުކުރި ޕާޓީއެއް ނޫން ކަމަށާއި، ކަންމިހެން އޮތްއިރު އެ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމަކަށް ވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް މެންބަރު ސަލީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ނިޒާމަކީ މިހާރު ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ނިޒާމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށްދޭނީ އެ ޕާޓީން ކަމުގައި މެންބަރު ސަލީމް ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި