Sunday, 25 October 2026
Ads by

ޖަނަވާރުންނަށް އަނިޔާކުރާ ނަަމަ ޖަލަށްލައި ޖޫރިމަނާކުރާނަން: މިނިސްޓްރީ

ޖަނަވާރުންނަށް އަނިޔާކުރާ ނަަމަ ޖަލަށްލައި ޖޫރިމަނާކުރާނަން: މިނިސްޓްރީ

މާލޭ މަގުމަތީގައި އުޅޭ ބުޅާތަކެއް--- ފޮޓޯ: ސަން

ޖަނަވާރުންނަށް އަނިޔާކޮށް މެރުން ފަދަ ޢަމަލުތައް ހިންގާ ނަަމަ، އެފަދަ ޢަމަލެއް ހިންގި ފަރާތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

އެނިމަލް ވެލްފެއަރ މިނިސްޓްރީން މި މޭރުމުން ބުނެފައިވަނީ ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި، މަރާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ މިނިސްޓްރީން ބުނީ، އެފަދަ ޢަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަަވަޅު އަޅާނެ ކަމަށާއި އޭގެ ތެރޭގައި ޖަލަށްލުމާއި ޖޫރިމަނާކުރުން ހިމެނޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެނިމަލް ވެލްފެއަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ފަހަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އަނިޔާކުރުމާއި އެ ތަކެތި މެރުމުގެ އިތުރުން އެ ތަކެއްޗަށް އަޅައިނުލާ ދޫކޮށްލާކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބޭ ކަމަށެވެ. އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަންކަމެއްނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭނެ މަޚްލޫޤުންނަށް ވާއިރު އެ ތަކެއްޗާ މެދު އޯގާތެރިކޮށް ހިތައި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުން އަދި ޤާނޫނީ ގޮތުންވެސް ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ފާހަގަކުރަމުން އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފައިވަނީ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ޖަނަވާރުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.

ކަން މިހެން އޮތް އިރު، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ވެސް މިނިސްޓްރީއަށް އެއްބާރުލުން ދިނުމަށާއި އެފަދަ ޢަމަލެއް ހިންގާ ފަރާތެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބުޅަލެއް ދަންޖައްސައި މަރާލުމަށްފަހު އެ ބުޅާ ދަމާފައި ގެންގޮސް މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. މި ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ގެންދަނީ މި މައްސަލަ ބަލައި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި