Wednesday, 9 September 2026
Ads by

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަކީ ޤާނޫނީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަން ދަނީ ހާމަވަމުން : ޝުޖާއު

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަކީ ޤާނޫނީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަން ދަނީ ހާމަވަމުން : ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ޤާނޫނީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަން ދަނީ ހާމަވަމުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް، ރާއްޖެ ޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭނު ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން މެންބަރު ޝުޖާއު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ޤާނޫނީ އެއްވެސް މައްސަލައެއް ނުވަތަ ބަހުސެއް އޮތްކަމެއް ނޫންކަން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ދަނީ ހާމަވަމުން ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންނަށް ކޮށްދީފައިވާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދިން ކަމެއްވެސް ފެންނަން ނެތް ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުރިހާ ރައްޔިތުންވެސް ރައީސް ޑރ. މުޢިއްޒަށް ނޫނެކޭ ބުނުމަށް އެދޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ މި ވާހަކަތަކަށް ރައްދުދެއްވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދައްކަން އެމްޑީޕީން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަމުގައި އެމްޑީޕީ ބޮޑުތަނުން ބަލިވެއްޖެ ކަމަށެވެ. އަދި މިކަމުގައި އެމްޑީޕީއަށް މިހާރު ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެމްޑީޕީއަށް އިތުރު ފުރުޞަތު ނުދިނުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދި ވަޑައިގަންނަވާ ކަމަށާއި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އާނއެކޭ ވިދާޅުވެ ދެއްވުމަށް މެންބަރު ޝުޖާއު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި