Wednesday, 9 September 2026
Ads by

ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ނުފޫޒެއްނެތި ގިނަ ބަޔަކަށް ވޯޓުލެވޭނެ: ރައީސް

ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ނުފޫޒެއްނެތި ގިނަ ބަޔަކަށް ވޯޓުލެވޭނެ: ރައީސް

ބޮޑު ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ނުފޫޒެއްނެތި ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިވާނެގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިފަދައިން ވިދާޅުވީ ވޯޓު ދޫންޏަށް ނަމުގައި ޕީއެންސީން ކުރިއަށް ގެންދިޔަ ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ކައުންސިލް އިންތިޚާބު އޮންނަ ދުވަސް ކަމަށްވާ 4 އޭޕްރީލްގައި މި ނެގޭ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ފެންނަ ނުފެންނަ ވޯޓުގައި 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ރައްޔިތުން ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބޮޑު 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމެވީ މާތް މަޤުޞަދެއްގައި ކަމަށާއި، އެއީ ޤައުމުގެ މުސްތަޤުބަލަށް ބަލާފައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހެއްގައި އޮތީމަ އެންމެ އިންސާފުވެރި ގޮތަކީ އެއް ދުވަހެއްގެ އެއްވަގުތެއްގައި ރައީސް ކަމަށް އަދި މެންބަރު ކަމަށް ވޯޓު ދިނުމުގައި ނުފޫޒުން އެއްކިބާވެތިބެ ވޯޓު ލުމުގެ ޙައްޤު ލިބިގެން ދިއުން ކަމަށެވެ. އެއީ ސަރުކާރު ކެންޑިޑޭޓު ކަމަށްބުނެ ކެމްޕޭނު ކުރާކަށް އޭރުން ފުރުސަތު ލިބިގެންނުދާނެ ކަމަށާއި، އެއީ އެދުވަހު ވޯޓުން ހޮވޭނީ ކޮން ސަރުކާރެއްކަން އެކަކަށްވެސް ނޭނގޭނެތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”މިކަމަށް އާނއެކޭ ބުނަން މި އެދެނީވެސް ވަރަށް މާތް މަޤްޞަދެއްގައި. އަޅުގަނޑުމެންގެ ޤައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމުގަ، މި ޤައުމުގައި ސިޔާސީ ހަލަބޮލިކަން އެކީ އެކަށް ނައްތާލުމަށްޓަކާ. ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާ. ހެވާއި ލާބަ، ހޯދައި ދިނުމުގަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމުގަ ރާއްޖޭގައި މި މުހިންމު 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ފުރުޞަތު ފަހިވާނެ ގޮތް “ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަ އިންތިޚާބުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައީސް އަކު ހޮވަން ވޯޓުލާން ދާ ދުވަހު ރައްޔިތުންގެ މަޖްލިސް މެންބަރުން ހޮވަން ވޯޓުލާން ލިބުމަކީ އެ ރައްޔިތުން ތަމްސީލް ކުރާ މެންބަރުން ހޮވުމުގ ފުރުޞަތު އެންމެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގައި ޤާނޫނީ ގޮތުން އެއްވެސް ހަމަނުޖެހުމުގެ ފުރުޞަތެއް ނެތްކަމަށާއި، މިއީ ވަރަށް ސާފުކޮށް ފެންނަންއޮތް ކަމެއް ކަމަށާއި، ރައްޔިތުންނަށް މީގެ ފައިދާ ފެންނާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ހޮވޭ ސަރުކާރާއި، ހޮވޭ މެންބަރުން އެއްވަގުތެއްގައި ކަނޑައެޅުމަކީ ޙަޤީޤަތުގައި ނުފޫޒުން އެއްކިބާވެ، ނުފޫޒު ފޯރުމުގެ ފުރުޞަތު އެންމެ ހަނިކޮށް އަދި އެންމެ ގިނަ ރައްޔިތުންނަށް ވޯޓު ލެވޭނެގޮތަށް އިންތިޚާބު ބޭއްވިގެންދާނެ ގޮތް..

މީގެ އިތުރުން ޤައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ރިފޯމް އެޖެންޑާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖްލިސް މެންބަރުންގެ އަދަދު އަހަރަކަށްވުރ އަހަރެއް އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ވަކި އަދަދެއްގައި ލިމިޓްކުރުމަށް ހުށަހަޅުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި