Wednesday, 9 September 2026
Ads by

އީރާނުގެ ރޫހީ ލީޑަރުގެ އިންޒާރެއް: ޝަހީދުވި މީހުންގެ މަރުގެ ބަދަލު ހިފާނަން

އީރާނުގެ ރޫހީ ލީޑަރުގެ އިންޒާރެއް: ޝަހީދުވި މީހުންގެ މަރުގެ ބަދަލު ހިފާނަން

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުން ޝަހީދުވެގެން ގޮސްފައިވާ އެންމެންގެ މަރުގެ ބަދަލު ހިފާނެ ކަމުގެ ގަދަ އިންޒާރު އީރާނުގެ އައު ރޫޙީ ވެރިޔާ، މުޖުތަބާ ޚާމަނާއީ ދެއްވައިފިއެވެ.

Ad Image
Ads by

އީރާނަށް ދެމުންގެންދާ ހަމަލާ ތަކުގެ ރައްދުގައި އެ ޤައުމުން ޙަމަލާތައް ދިނުމުގެ މަތީގައި ދެމިތިބޭނެ ކަަމަށާއި، ހުރުމުޒް ކަނޑޮއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށްވެސް މުޖުތަބާ ޚާމަނާއީ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު، އާޔަތުالله ޢަލީ ޚަމަނާއީ ވަނީ އަވަހާރަވެފައެވެ. އެއާއެކު، އައު ރޫޙާނީ ލީޑަރުގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަކުކޮށްފައެވެ.

މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ އީރާނުގެ އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަަންދުކުރަން ޖެހޭ ކަމަށެވެ. އީރާނަށް އަމާޒުވަމުންދާ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ރައްދު ޙަމަލާތައް އެ މަރުކަޒުތަކަށް ދެމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޝަހީދުވި މީހުންގެ މަރަށް ބަދަލު ހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި ހުރުމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުރުމުޒް ކަނޑުއޮޅިއަކީ ތެލާއި ގުދުުރަތީ ގޭސް ދުނިޔޭގެ އެކި ސަރަޙައްދުތަކަށް އުފުލުމަށް ބޭނުންކުރާ މައި އެއް މަގެވެ. ޔަހޫދީންނާއި އެމެރިކާއިން ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ އެ ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެ ސަރަޙައްދުން ދަތުރުކުރަން މަސައްކަތް ކުރި އުޅަނދުތަކަށް އިންޒާރާ އެއްގޮތަށް އީރާނުން ޙަމަލާ ދީފައިވެއެވެ. އެ ކަނޑުއޮޅި ބޭނުން ނުކުރެވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ތެޔޮ ޓޭންކަރުތައް ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި