Wednesday, 9 September 2026
Ads by

ހަނގުރާމައާއި ގުޅިގެން ނުފުރި ތިބި 1،680 ފަތުރުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހަނގުރާމައާއި ގުޅިގެން ނުފުރި ތިބި 1،680 ފަތުރުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޓޫރިޒަމް މިނިސްޓަރު ޠާރިޤް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފްލައިޓްތައް ކެންސަލްކުރުމުގެ ސަބަބުން ރާއްޖެއިން، ފުރޭނެ ގޮތެއް ނެތިފައި ތިބި 1,680 ފަތުރުވެރިއަކަށް ސަރުކާރުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ތަފްޞީލު ހާމަކުރައްވަމުން ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތަކީ ހަނގުރާމައިގެ ސަބަބުން ފުރޭނެ ގޮތެއް ނެތިފައި ތިބި ފަތުރުވެރިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން، ފަތުރުވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަކިން ޚާއްޞަ ޑެސްކެއް ޤާއިމުކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ނުފުރި އެއަރޕޯޓުގައި މަޑުކުރަންޖެހުނު ފަތުރުވެރިން ތިބެލުމަށް ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ހަމަޖައްސައިދެވުނު ކަމަށާއި، އެތަނުގައި އެއްފަހަރާ 150 މީހުންނަށް ކައިބޮއި ހަދާ ނިދޭނެ އިންތިޒާމު ހަމަޖައްސައިދެވުނު ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތިން ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. އެހެންކަމުން ހަނގުރާމައިގެ މި ދަނޑިވަޅުގައި ދަތުރުފަތުރުގެ ދަތިތަކަށް ޙައްލު ހޯދުމަށް ރަޝިއާ، ޗައިނާ އަދި އިންޑިއާ ފަދަ ޤައުމުތަކުން އިތުރު ފްލައިޓުތައް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެމްބަސީތަކާ ގުޅިގެން ރާއްޖެ އިތުރަށް މާކެޓް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި