Wednesday, 9 September 2026
Ads by

އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި، ވޯޓުދޭންވާނީ ދޫންޏަށް: ރައީސް

އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި، ވޯޓުދޭންވާނީ ދޫންޏަށް: ރައީސް

ހުޅުމާލެ ދެކުނު ދާއިރާއަށް ރައީސް ޑރ. މުޢިއްޒު ވަޑައިގަތުން--- ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނިކަމަށް އެ ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ހުޅުމާލޭ ދެކުނު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ނުކުމެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު އެކަން ޢާންމުންނަށް އިޢުލާން ކުރައްވާފައި މިވަނީ، ހުޅުމާލެ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު ޣާލިބް ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރެއްވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު ޣާލިބް ވަނީ، ރައީސް ޑރ. މުޢިއްޒު އޭނާއަށް ތާއީދުކުރައްވާ ކަމަށް ބުނެ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. ޣާލިބުގެ މި ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގައި އެކަނި ކަމަށެވެ.

”މި ދާއިރާގައި އަޅުގަނޑަށް ޚަބަރުތަކެއް ލިބިފައިވޭ އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެ ބޭފުޅާއަށް ކަމަށް، އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް، އަޅުގަނޑަކީ ޕާޓީ ނިޒާމު ޤަބޫލުކުރާ މީހެއް، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީއަށް ކުރިއެރުން ނޫނިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވަން، ދޫންޏަށް ވޯޓުދޭން ބޭނުންވަނީ އިނގޭތޯ،“ – ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިކަން ދެވަނަ ފަހަރަށް ތަކުރާރުކުރައްވަމުން ވެސް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތާއީދު އޮންނާނީ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށާއި، އެއްވެސް ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، މިނިވަން ކެންޑިޑޭޓުންނަށް ވެސް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުޢިއްޒު މީގެކުރިންވެސް މި ވާހަކަ އެކި ތަންތަނުގައި ވިދާޅުވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި