Sunday, 26 July 2026
Ads by

ރާއްޖެއަށް ފަތުރުވެރިން އައުން މަދުކުރުމަށް އިދިކޮޅުން ދަނީ މަސައްކަތް ކުރަމުން: ޚަލީލް

ރާއްޖެއަށް ފަތުރުވެރިން އައުން މަދުކުރުމަށް އިދިކޮޅުން ދަނީ މަސައްކަތް ކުރަމުން: ޚަލީލް

ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޚަލީލް---

ރާއްޖެއަށް ފަތުރުވެރިން އައުން މަދުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސޓަރު ޚަލީލް މި މޭރުމުން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ފަތުރުވެރިން ނުފޮނުވަން ޤައުުމުތަކުގައި އެދެމުން އަންނަކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކުން އަންނަނީ ރާއްޖެ ބަދުނާމު ކުރުމަށްވެސް ބޭރުގެ އެކި ޤައުމުތަކަށާއި، އެކިއެކި ޖަމުޢިއްޔާތަކަށް ރާއްޖެއާ ގުޅޭގޮތުން ދޮގު މަޢުލޫމާތުދެމުން ކަމަށެވެ.

ބައެއް ފަރާތްތަކުން މިނިސްޓަރުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަން ފާހަގަކުރައްވަމުން ޚަލީލް ވަނީ، ރާއްޖެ ބަދުނާމު ކުރުމަށް ބޭރުގެ އެކި ޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖެއަށްވެސް އެކި ގޮތްގޮތުން ގެއްލުންވާ ކަމަށެވެ.

”އަޅުގަނޑު ބައެއްފަހަރު ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަ އަޑުއަހައިފަ ހިތަށްއަރާ، ހަމަ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއްބާވައޭ ރާއްޖެ ބަދުނާމު ކުރުމަށްޓަކައި މިހާ ބޮޑެތި ދޮގުތައް ހަދައިގެން ބޭރުގެ އެކިއެކި ޖަމުޢިއްޔާތަކާ އެކިއެކި ޤައުމުތަކަށް މި ފޮނުވަނީ،“ – މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

ނަމަވެސް ބޭރުގެ ޤައުމުތަކަށް ކަންކަމުގެ ތެދު ޙަޤީޤަތް ކިޔައިދިނުމުން އިދިކޮޅު ފަރާތްތަކުން ހަދަމުންދާ ދޮގުތައް ނަފީވަމުންދާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ޚަލީލް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފައެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރައްޔިތުން ދަރުވާލި ފަދައިން، އިތުރަށް ދަރާފައިވާ ރައްޔިތުންތަކެއް މި ޤައުމުގައި އުޅުމަށް އެދިވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި