Saturday, 24 October 2026
Ads by

ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރުވެސް ދެއިންތިޚާބު އެއްދުވަހު ބާއްވަން ބަހުސްކުރި: ނާޒިމް

ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރުވެސް ދެއިންތިޚާބު އެއްދުވަހު ބާއްވަން ބަހުސްކުރި: ނާޒިމް

ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރުވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެކުއެކީ ބޭއްވުމަށް ބަހުސްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރި ފަހުން އެ ބިލު ތަސްދީގު ވެސް ކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު ނަގާނީ އަންނަ އޭޕްރީލް މަހުގެ 4 ގައި ބައްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ.

ނަމަވެސް އެ ވޯޓާ ދެކޮޅަަށް އިދިކޮޅު އެމްޑީޕީން ދަނީ ކެމްޕޭނެއް ކުރަމުން ނެވެ. އަދި މިއީ ހަމަ ހުރެލާފައި ބަދަލުކޮށްލެވިގެންވާނެކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ދަނީ ބުނަމުން ނެވެ.

އެމްޑީޕީން މިކަމާ ދެކޮޅުވެގެން އުޅުނު ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކުރިން ވެސް ބަހުސްކޮށްފައިވާ ކަމަށެވެ. އެއީ ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސް ވަރުގެ ވާހަކައެވެ.

”އެކަމާ ގުޅޭގޮތުން ހާއްސަމަޖިލީހަށް ހުށަހެޅުނު އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ“ ނާޒިމް ވިދާޅުވި އެވެ.

ދެ އިންތިޚާބު އެއްކޮށްލަން ބަހުސްކުރިކަން ރައްޔިތުންގެ މަޖިލީހަށް އެ ދުވަަސްވަރު ހުށަހެޅި ތިން ހުށަހެޅުމަކުން ވެސް އެކަން އެނގޭ ކަމަށާއި އަދި މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެކަމާގުޅޭ ކަރުދާސްތައް ނާޒިމް ވަނީ ހިއްސާ ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ މި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން އޮޅުވާލާ، 2 އިންތިޚާބު އެއްކުރަނީ ކަމަށްބުނެ ކެމްޕޭނުކުރަމުންނެވެ. އެހެންނަމަވެސް ޙަޤީޤަތަކީ 2 އިންތިޚާބު އެއްދުވަހެއްގައި ބާއްވަނީއެވެ. މިކަމުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގޭ ވޯޓުގައި އާނއެކޭ އަށް ވޯޓު ދިނުންކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ގިނަ ބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި