މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.
އެމެރިކާއާއި އިސްރާއިލް ގުޅިގެން އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އިރާނުންވެސް ވަނީ ރައްދުގައި ހަމަލާތައް ދޭން ފަށައިފަ އެވެ.
އީރާނުން ދޭންފެށި ރައްދު ހަމަލާތަކުގެ ތެރޭގައި، އަރަބި ޤައުމުތަކުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް އަމާޒުކޮށް ދަނީ ހަމަލާ ދެމުން ނެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއިލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކާއި އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތައް ވެސް ކުށްވެރިކޮށްފަ އެވެ.
އެމެރިކާއިން އިރާނުގެ ސްކޫލަކަށް ހަމަލަދީ އެތައް ކުޑަކުދިންތަކެއް ޝަހީދުކޮށްލި ހާދިސާއާއި އިރާނުގެ ހޮސްޕިޓަލުތަކާއި އަދި އިރާނުގެ ތެޔޮ ފެސިލިޓީތަކަށް ދެމުންދާ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރި އެވެ.
އަދި އެ ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވެ ސުުލްހަ ގާއިމުކުރުމަށް ހުރަސް އެޅެމުންދާތީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ރާއްޖެއިން ގޮވާލި އެވެ.













