Wednesday, 9 September 2026
Ads by

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރުން--- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު، ޝަރުތު ފުރިހަމަވާ ދިވެހި އެންމެހައި ޒުވާނުންނަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ:

  • ޢުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނެއްކަމުގައިވުން
  • 18 އަހަރު ނުފުރޭ ކުދިން މި ޕްރޮގްރާމުގެ ބައިވެރިވާން އެދޭ ނަމަ، އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާއަކީ ފުރިހަމަ ސިއްޙަތެއްގައި ހުރި ކުއްޖެއް ނަމަ، މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ

މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގގެ އިތުރުން މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، މި ތަމްރީނު ޕްރޮގްރާމަށް ހޮވޭ ދުވަހުން ފެށިގެން ޙާއްޞަ އެލަވަންސެއް ދެވޭނެކަމަށާއި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނޭ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް applyfor.mns@defence.gov.mv އަށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން މިހާރު ޑައުންލޯޑް ކޮށްލެވޭނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ ފަސްވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި