Sunday, 25 October 2026
Ads by

ޝަމްޢާންގެ މާނަފުން މެސެޖެއް: މީހެއްގެ ހަޤީޤީ ކުލަވަރު ފެންނާނީ ތިމާގެ ބާރުތައް ގެއްލި ދިއުމުން

ޝަމްޢާންގެ މާނަފުން މެސެޖެއް: މީހެއްގެ ހަޤީޤީ ކުލަވަރު ފެންނާނީ ތިމާގެ ބާރުތައް ގެއްލި ދިއުމުން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު--- ފޮޓޯ: އިމިގްރޭޝަން

ކޮންމެ މީހެއްގެ ވެސް އަޞްލު ޙަޤީޤީ ކުލަވަރު ފެންނަން ފަށަނީ ތިމާގެ އަތުގައިވާ އާރާއި ބާރާއި ނުފޫޒު ގެއްލިގެންދާ ވަގުތުގައި ކަމަށް ވިދާޅުވެ، އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު ވަރަށް މާނަފުން މެސެޖެއް މީސް މީޑިއާގައި ޙިއްޞާކުރައްވައިފިއެވެ.

Ad Image
Ads by

ޝަމްޢާން މި މޭރުމުން ވިދާޅުވީ ފޭސްބުކްގައި ޙިއްޞާކުރެއްވި ސްޓޭޓަސްއެއްގައެވެ. އެގޮތުން ކޮންމެ މީހެއްގެވެސް އަޞްލު ހަޤީޤީ ކުލަވަރު ފެންނަން ފަށަނީ ތިމާގެ ކިބައިގައި އެހެން މީހުންނަށް ފޯރުކޮށްދެވޭނެ ބާރެއް ނުވަތަ މަންފާއެއް ނެތް ދުވަހަކުން ކަމަށް އޭނާ ޙިއްޞާކުރެއްވި ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.

ޝަމްއާން ފާހަގަކުރެއްވި ގޮތުގައި، މީހަކު ބާރުވެރި މަޤާމެއްގައި ނުފޫޒުގަދަ މީހެއްގެ ގޮތުގައި ހުންނައިރު، އެތައް ބަޔަކު އެ މީހެއްގެ ގާތް ރަޙްމަތްތެރިންގެ ގޮތުގައި ތިބޭތަން ބޭރުފުށުން ދައްކާނެ ކަމަށެވެ. ނަމަވެސް އެއީ އިޚްލާޞްތެރިކަމަށްވުރެ ބޮޑަށް، އެ މީހެއްގެ ފުށުން ލިބިދާނެ ފައިދާއަކަށްޓަކައި ކައިރީގައި ތިބޭ ބައެއް ކަމަށް ޝަމްޢާން ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ދިިރިއުޅުމުގެ އެންމެ ބޮޑު ފިލާވަޅުތައް ދަސްވަނީ ބާރުތައް ގެއްލި، އެކަނިވެރިވާ ވަގުތުގައި ކަމަށާއި، އެފަދަ ޙާލަތެއްގައި ތިމާއާއެކު ސާބިތުކަމާއެކު ދެގޮތެއްނުވެ ތިބެނީ މަދު ބައެއް ކަމަށާއި އެއީ ކޮންބައެއްކަން ހާމަވެގެންދާނެ ކަމަށްވެސް ޝަމްޢާން ޙިއްޞާކުރެއްވި ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.

ޝަމްޢާންގެ މި މެސެޖާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކިގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އެގޮތުން ޝަމްޢާންގެ މި މެސެޖުގައި ބަޔާންކޮށްފައިވަނީ މިއަދުގެ މުޖުތަމަޢުގައި ހިނގަމުންދާ ކަންކަން، ވަކިން ޚާއްޞަކޮށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުން އަންނަ ގޮތް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500،000 ރުފިޔާ އަތުލިކަމުގެ ތުހުމަތުގައި، އޭނާ ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެފަހުން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. އެފަހުން މިދިޔަ ޑިސެމްބަރުގައި ޝަމްއާން ޝަރުތު ކުރުމަށްފަހު ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭނާއާއި އެއްކޮޅަށް ގިނަ ބަޔަކު ހެކިބަސް ދީފައިވާއިރު އޭނާއާއި ދެކޮޅަށްވެސް މަދު މީހަކު ހެކިބަސް ދީފައިވެއެވެ.

ޝަމްޢާން މި މޭރުމުން މީސް މީޑިއާގައި ސްޓޭޓަސްއެއް ޙިއްޞާކުރައްވާފައިވަނީ އެ ސަބަބަށްޓަކައި ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި