Wednesday, 9 September 2026
Ads by

އަލައިކާގެ ކެމްޕެއިން ކުއިޒް ”އަލައިކާ އެނގޭތަ؟“ އިފްތިތާޙުކޮށްފި

އަލައިކާގެ ކެމްޕެއިން ކުއިޒް ”އަލައިކާ އެނގޭތަ؟“ އިފްތިތާޙުކޮށްފި

އަލައިކާގެ ކެމްޕައިން ކުއިޒް "އަލައިކާ އެނގޭތަ" އިފްތިތާޙު ކުރުމުގެ ތެރެއިން--- ފޮޓޯ: ޕީއެންސީ

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، ”އަލައިކާ އެނގޭތަ؟“ އިފްތިތާޙުކޮށްފިއެވެ.

Ad Image
Ads by

މި ކުއިޒް އިފްތިތާޙުކޮށްފައިވަނީ ރޭ 22:30 ގައި މާފަންނު ބިސް ބުރު ސަރަޙައްދުގައި ބޭއްވި ހަރަކާތެއްގައެވެ.

މި ކުއިޒަކީ މާލޭ ސިޓީގައި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް އަލައިކާ ތަޢާރަފްކޮށްދީ، މާލޭ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަޞައްވަރު ވީހާވެސް ގިނަ ޢާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ މިއަދުން ފެށިގެން 29 މާރޗް 2026 ވަނަ ދުވަހާއި ހަމައަށެވެ.

”އަލައިކާ އެނގޭތަ“ ކެމްޕެއިން އިފްތިތާޙުކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން— ފޮޓޯ: ޕީއެންސީ

”އަލައިކާ އެނގޭތަ؟“ މި ކުއިޒްގައި ކޮންމެ ދުވަހަކު އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެއެވެ. އަދި އެ ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 00:00 އާ ހަމައަށް www.alaika.mv ވެބްސައިޓަށް ފޮނުވޭނެއެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުއްވާ ފަރާތްތަކުގެ މެދުގައި ޢާންމުކޮން ހުޅުވާލައިގެން ގުރުއަތު ނަގައި، އެ ދުވަހުގެ އިނާމު ލިބޭ ފަރާތެއް، ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާން ކުރާނެއެވެ. އަދި ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، މުޅި ކުއިޒުން އެއް ވަނަ އަށް ހުވޭ ފަރާތަށް ޢުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ކުއިޒްގެ މީޑިއާ ޕާޓްނަރއަކީ އެމްއެމްޓީވީއެވެ. އަދި މި ކުއިޒްގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ ވީއޭވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި