Wednesday, 9 September 2026
Ads by

ބަލި މީހުންގެ ނަމުގައި ސްކޭމްތައް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި

ބަލި މީހުންގެ ނަމުގައި ސްކޭމްތައް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި

ބަލިމީހުންގެ ނަމުގައި ޖައްސަމުންދާ ސްކޭމްއާއި ގުޅޭގޮތުން ފުލުހުން ހިއްސާކުރި ފޮޓޯއެއް.

ބަލިމީހުންގެ ނަމުގައި ހިންގާ ”މެޑިކަލް ސްކޭމް“ ތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

އެންޓިސްކޭމް މައްސަލަތަކަށް ޚާއްޞަކޮށް ފުލުހުން ހިންގާ ފޭސްބުކް ޕޭޖްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ވަނީ މިފަދައިން ސްކޭމްތައް ޖައްސާމީހުން ބޭނުންކުރާ އުކުޅުތައްވެސް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ.

ފުލުހުން ހާމަކޮށްފައިވާ ސްކޭމަރުންގެ އުކުޅުތައް:

• ފޮޓޯ ވަގަށް ނެގުން: އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން.

• އިހުސާސްތަކާ ކުޅެލުން: ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުން.

• ފޯނު ކޯލް ބްލޮކްކުރުން: ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުން.

ފުލުހުން ބުނީ މިކަމުން ރައްކާތެރިވުމުގެ ގޮތުން އެފަދަ ޕޯސްޓެއް ފެނިއްޖެނަމަ، އެ ނަންބަރަށް ގުޅައިގެން މުޢާމަލާތުން ޔަޤީންކުރުމަށެވެ. އަދި އެފަދަ ގޮތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަދައްކާ އިތުރަށް މިކަން ކަށަވަރު ކުރަން ސަމާލުކަން ދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މީގެ އިތުރުން އެފަދަ ޕޯސްޓް ރިސާޗް ކޮށް ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން (Google Reverse Image Search) ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރު ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުނޭ.

ތިންވަނަ ކަމަކަށް ފުލުހުންބުނީ އެފަދަ ޕޯސްޓްތަކުގެ ޞައްޚަކަން ކަށަވަރުނުކޮށް ޝެއަރ ނުކުރުމަށެވެ. އެގޮތުން ޔަޤީންނުވާ ޕޯސްޓްތައް ޝެއަރ ކުރުމަކީ އިތުރު ބަޔަކު މީގެ މަޅީގައި ޖެހުމަށް ދެވޭ ދަޢުވަތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

”ތިބާގެ ދީލަތި އެހީ، ކުށްވެރިންގެ އަތަށް ދިޔަ ނުދެއްވާށެވެ“ ފުލުހުން ބުނެފައިވެއެވެ.

ސްކޭމްތަކަށް ހޭލުންތެރިވުމަށް އެދި ކޮށްފައިވާ އެ ޕޯސްޓާ އެކު ފުލުހުން ވަނީ މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި އޭނާއަކީ އެކަނިވެރި މައެއް ކަމަށް ބުނެފަ އެވެ. އަދި ޕޯސްޓުގައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރެއްގެ އިތުރުން، އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށް ބުނެފަ އެވެ.

މީހުންނަށް އެހީތެރިވުމުގެ މާތްކަމާ ގުޅޭ ދީނީ ވާހަކަތަކަކާއި ހަދީސްތަކެއް ވެސް އެ ޕޯސްޓުގައިވާއިރު އެހީތެރިވުމުގެ ޤާބިލުކަމެއް ނެތް ނަމަ، ޕޯސްޓު ޝެއާކުރަން ވެސް އެދިފައިވެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ ”ދީނުގެ މަގު“ ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖަކުން ވެސް ސްކޭމް ހިންގާތީ އެކަން ވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ބޮޑެތި ބަލިތަކާ ގުޅުވައި އެހީގެ ޕޯސްޓުތައް ކުރާ އެ ޕޭޖަކީ އެތައް ހާސް ދިވެހިންނެއް ފޮލޯކުރާ ޕޭޖެކެވެ. އަދި އެއަށް ކުރާ ޕޯސްޓުތައް ވެސް އެތައް ސަތޭކަ ބަޔަކު ޝެއާކޮށްފައި ހުރެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި