Wednesday, 9 September 2026
Ads by

5 އަހަރުން ނުގެނެވުނު ބަދަލު މާލޭ ސިޓީއަށް ގެންނަން ވެރިކަން ބޭނުންވޭ: އިބޫ

5 އަހަރުން ނުގެނެވުނު ބަދަލު މާލޭ ސިޓީއަށް ގެންނަން ވެރިކަން ބޭނުންވޭ: އިބޫ

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ: އެމްޑީޕީ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ 5 އަހަރުގައި މާލޭ ސިޓީއަށް ނުގެނެވުނު ބަދަލު ގެނައުމަށް ވެރިކަން އަލުން އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިބޫ މި މޭރުމުން ވިދާޅުވީ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ މާލެ މެނިފެސްޓޯ އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައެވެ. އިބޫ ވިދާޅުވީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ ކުއްލިއަކަށް ދިމާވި މައްސަލަތަކެއް ނޫންކަމަށާއި، އެއީ ވަރަށް ގިނަ ދުވަހުން ”އެއްވަމުން އެއްވަމުން“ ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ކަމަށެވެ.

އެ މައްސަލަތަކަކީ ހަމައެކަނި ސިޓީ ކައުންސިލަށް ޙައްލު ހޯދައިދެވޭނެ މައްސަލަތަކެއް ނޫންކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ، އެ މައްސަލަތައް ޙައްލުކުރެވޭނީ އެމްޑީޕީއަށް ވެރިކަން ޙަވާލުކޮށްގެން ކަމަށެވެ. އަދި މި މައްސަލަތަކަކީ ޙައްލުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެއީ އެއް ދުވަހަކުން ނުވަތަ ދެ ދުވަހަކުން ޙައްލުކުރެވޭނެ ކަންކަމެއްނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

”މިއީ ހަމައެކަނި ސިޓީ ކައުންސިލަށް ޙައްލު ކުރެވޭނެ ކަމެއްނޫން. މި ކަމަށް ޙައްލު ހޯދައިދޭނެ ވެރިކަމެއް ގެނެސްގެން ނޫނީ މާލެއަކަށް ޙައްލެއް ނުހޯދޭނެ. އަޅުގަނޑުމެން ޖެހޭނެ 2028 ވަނަ އަހަރުގައި އެ ބަދަލު ގެންނަން،“ – އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު އިތުރުވުން ކަމަށާއި، މި މައްސަލަ ޙައްލުކުރެވޭނީ އެމްޑީޕީން ގެންގުޅޭ ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ކަންކަން ކޮށްގެން ކަމަށެވެ. މީގެ އިތުރުން އިބޫ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުންވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒުއާއި އެމަނިކުފާނުގެ ޓީމަކީ ލާމަރުކަޒީ ނިޒާމަށް އެތަކެއް ގެއްލުމެއް ދީފައިވާ ބައެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިބޫ ވަނީ ދޮގު ތުޙުމަތުތަކެއް އަޅުއްވައިފައެވެ.

ވެރިކަމަށް ފެންބޮވައިގަނެފައިވާކަން އަންގައިދޭ ގޮތަށް ދެއްކި ވާހަކަތަކާއި، ރައީސް ޑރ. މުޢިއްޒުއާ ގުޅުވައިގެން އިބޫ ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ”ނުކިޔަވާ މީހުންނަށް ވެރިކަން އެއީ ކޯއްޗެއްކަން ނޭނގޭކަން އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސާބިތުކޮށްދީފަ ކަމަށާއި، ފަސް އަހަރުގެ މުއްދަތެއް ދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ނުގެނައި ބަދަލެއް ފަހަކުންވެސް ނުގެންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިބޫގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި