Wednesday, 9 September 2026
Ads by

އަލަށް ހުޅުވި މިސްކިތްތަކަށް ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދީފި

އަލަށް ހުޅުވި މިސްކިތްތަކަށް ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދީފި

ސަޢޫދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކުގައި ބެހެއްޓުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު 14 މިސްކިތަކަށް ވަނީ ފޯރުކޮށްދީފައެވެ. އެ މިސްކިތްތަކަކީ:

  • މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)
  • މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)
  • މަސްޖިދުއްތަޢުބާ (ނ. މަނަދޫ)
  • މަސްޖިދު ރައްޔާން (ސ. މަރަދޫ)
  • މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)
  • މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)
  • ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)
  • މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)
  • މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)
  • މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)
  • މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)
  • މަސްޖިދުލް ސަލާމް (ލ. ގަން)
  • މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)

މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމައި މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފް ފޯރުކޮށްދީފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ 2025 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން މިހާރުވެސް އެކި ޤުރުއާން ކުލާސްތަކަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ މި މުސްޙަފްތައް ހަދިޔާކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް މުސްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭކަން ހާމަވަގެންދާ ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި