Sunday, 27 September 2026
Ads by

އެކި ސުފުރާ: ރިހާކުރު ފޮޅި

އެކި ސުފުރާ: ރިހާކުރު ފޮޅި

ބޭނުންވާ ތަކެތި:

Ad Image
Ads by

ތައްޔާރުކުރަން ނަގާ ވަގުތު :45 މިނެޓް

1 ބޮޑު ފިޔާ

5 ހިކަނދިފަތް

1 ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)

½ ލުނބޯ

¼ ސައިސަމުސާ ގާނާފައިވާ އިނގުރު

½ ޖޯޑު ހުނި

¼ ސައިސަމުސާ ރީނދޫ

½ ސައިސަމުސާ މުގުރި ދިރި

1 މަސްދަޅު

½ ޖޯޑު ރިހާކުރު

½ ޖޯޑު މުރަނގަފަތް

½ ޖޯޑު ހަނޑޫފުށް (ހިމުންކޮށްފައި)

½ ޖޯޑު އާދައިގެ ފުށް

3 ބިސް

¼ ޖޯޑު ފެން

½ ސައިސަމުސާ ލޮނު (ބޭނުންނަމަ)

ހަދާނެގޮތް:

ފިޔައާއި، ހިކަނދިފަތާއި، ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ. ދެން ކޮށި ސާމާނު ބޯތަށްޓަކަށް އަޅާފައި ލުނބޯހުތްކޮޅު އޭގެ ތެރެއަށް ފިތާލާފައި ރަނގަޅަށް މޮޑެލާށެވެ. ދެން އިނގުރުކޮޅާއި، ހުނި، ރީނދޫ އަދި ދިރިކޮޅު ބޯތަށްޓަށް އަޅައިފައި މޮޑެލާށެވެ. ދެން މަސްދަޅު އަޅާފައި ރަނގަޅަށް އެއްވަންދެން އަނެއްކާވެސް މޮޑޭށެވެ. ރިހާކުރާއި މުރަނގަފަތްކޮޅު ބޯތަށްޓަށް އަޅާށެވެ. ދެން އުލެއް ނުވަތަ ސަމުސަލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހަނޑޫ ފުށާއި، އާދައިގެ ފުށާއި، ފެނާއި، ބިސްކޮޅު ބޯތަށްޓަށް އަޅާ އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ. ބިސްކޮޅު ބޯތަށްޓަށް އަޅާނީ އެހެން ތަށްޓެއްގައި ފުރަތަމަ ގިރާލުމަށް ފަހުގައެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ރަހަބަލާލާފައި ބޭނުންވާ ބަދަލެއް ގެންނާށެވެ. އަހަރުމެން ރަހަބަލާލިއިރު ކުޑަކޮށް ލޮނު މަޑުހެން ހީވުމުން ލޮނުކޮޅެއް އަޅާލީމެވެ.

ތަވައެއް ހޫނު ކުރާށެވެ. ފޮޅި ފިހޭއިރު ތަތްލިޔަ ނުދިނުމަށް ކުޑަ ތެޔޮކޮޅެއް އޭގައި އުނގުޅާލާށެވެ. ތަވާ ރަނގަޅަށް ހޫނުވުމުން، އެއްކުރި ސާމާނުގެ އެތިކޮޅެއް އުނދުޅިއަކުން  ނަގައި ތަވާ މެދަށް އަޅާފައި އުނދުޅީގެ އަނެއް ފުށް ބޭނުން ކޮށްގެން ވަށްކޮށް މަޑުމަޑުން ފަތުރާލާށެވެ.

ފޮޅި ކުޑަކޮށް އަރިމަތިން ނެއްޓޭގޮތް ވީމާއި ކުޑަކޮށް ހިތްލާލާފައި އަޑިއޮތީ ރަންމުށިކުލަ އަރާ ވަރަށް ފިހެވިފައިތޯ ޗެކްކުރާށެވެ. ފިހެވިފައިވާނަމަ ބިސްގަނޑު ފަތްޖަހާ ގޮތަށް މެދުން އެއްފަހަރު ފަތްޖަހާލާފައި ތަވައިން ފޮޅި ނަގާށެވެ. ފަތްނުޖަހާ ދެފުށަށް ޖަހައިގެންވެސް ފިހެވޭނެއެވެ.

ނޯޓް : މުރަނގަފަތުގެ ބަދަލުގައި ކޮޕީފަތްވެސް ބޭނުންކުރެވިދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި