Wednesday, 9 September 2026
Ads by

”ދަ ގްރޭޓަރ އައްޑޫ“ ޖަލްސާ: އާޓިފިޝަލް ބީޗު ސަރަޙައްދު ފުރާލައިފި

”ދަ ގްރޭޓަރ އައްޑޫ“ ޖަލްސާ: އާޓިފިޝަލް ބީޗު ސަރަޙައްދު ފުރާލައިފި

ޕީއެންސީގެ ހަރަކާތެއްގެ ތެރެއިން ރައީސް މުޢިއްޒު އަދި މެޑަމް ސާޖިދާ---

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމަށް، މިރޭ މާލޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ”ދަ ގްރޭޓަރ އައްޑޫ“ ގެ ނަމުގައި ކުރިއަށްގެންދާ ބިޔަބޮޑު ޖަލްސާ އަށް މުޅި އާޓިފިޝަލް ބީޗް ސަރަޙައްދު ފުރާލައިފިއެވެ.

Ad Image
Ads by

ކޮންގްރެސް ޕާޓީން ވަނީ ދަ ގްރޭޓަރ އައްޑޫ މާލޭ ޖަލްސާއަށް، އައްޑޫ ސިޓީގެ ރައްޔިތުންނަށާއި، އެ ޕާޓީގެ މެންބަރުންނާއި ޕާޓީގެ ހުރިހާ ސަޕޯޓަރުންނަ ދަޢުވަތު އަރުވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާ މި ޖަލްސާ ފަށާފައިވަނީ މިރޭ 21:30 އެހައިކަންހާއިރުއެވެ.

މި ޖަލްސާގައި އެމްޑީޕީއަށް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ޕީއެންސީއަށް ސޮއިވެސް ކުރައްވައިފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކާއި، ސިޓީތަކުގެ ކެމްޕޭން ޖަގަހަތައް މާލޭ ސިޓީގައި ހުޅުވުން ފަދަ ހަރަކާތްތައް ހިމެނެއެވެ. އެގޮތުން އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަވެސް މީގެކުރިން މާލޭ ސިޓީގައި ވަނީ ހުޅުވައިފައެވެ.

ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި މާލޭ ސިޓީގެ އެކި ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށްޓަކައި އެ ކެންޑިޑޭޓުންނާއެކު މިހާތަނަށް 11 ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ކުރިން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި