Wednesday, 9 September 2026
Ads by

ބަންޑާރަ މިސްކިތާއި ތަރިކަ: ޝެއިޚް ޒަމްޒަމް ފާރިޝްގެ ޚިޔާލު

ބަންޑާރަ މިސްކިތާއި ތަރިކަ: ޝެއިޚް ޒަމްޒަމް ފާރިޝްގެ ޚިޔާލު

ބަންޑާރަ މިސްކިތްހުރިތަނުގައި ޖާގަ ތަނަވަސް ބޮޑު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށަން ޤަސްދުކުރާވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އިޢުލާނު ކުރެއްވުމާއިއެކު އިދިކޮޅު އެމްޑީޕީއާއި ބައެއް އާންމު ފަރާތްތަކުން މިކަމާ ދެކޮޅުވެ ބޮޑު ބަހުސަކަށް މިކަން ހަދައިފިއެވެ. ސަބަބެއް ކަމުގައި މިބުނަނީ އެއީ ”އާސާރީ“ ތަނެއް ވީމައި ތަރިކަ ހިމާޔަތް ކުރަން ކަމަށެވެ. ނޫނެކެވެ. ބަންޑާރަ މިސްކިތަކީ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއްނޫނެވެ.

Ad Image
Ads by

މި ބަހުސްގެ ތެރެއިން ދީނީ ޢިލްމުވެރިންނާއި ތާރީޚު ދިރާސާ ކުރާ ފަރާތްތަކާއި އެކި ބޭފުޅުން ސޯޝަލްމީޑިއާގައި ލިޔެފައިވާ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕޯސްޓަކީ ޝެއިޚް ޒަމްޒަމް ފާރިޝް މި މަޢުޟޫއަށް ލިޔުއްވާފައިވާ ބަސްކޮޅެކެވެ.

”ބަންޑާރަ މިސްކިތާއި ދިވެހި ތަރިކަ“ މިނަމުގައި ޝެއިޚް ޒަމްޒަމް ފާރިޝް ލިޔުއްވާފައިވެއެވެ.

ބަންޑާރަ މިސްކިތް ހުރި ތަނުގައި ފެންވަރު ރަނގަޅު މާ ބޮޑު މާ ރީތި އައު މިސްކިތެއް އަޅުއްވަން އިސްލާމިކް މިނިސްޓަރު ޚިޔާލުކުރައްވާ ވާހަކަ ވިދާޅުވުމާއެކު ސެކިއުލާ ލާދީނީ މީހުންނާއި އަދި އެނޫން ބައެއް ދިވެހިން ވެސް އެކަމާ ވަރަށް ބޮޑަށް ޖަދަލުކޮށް ޒުވާބުދޭތަން މި ދެދުވަހަކު ފެނިގެން ހިނގައްޖެއެވެ. އެހެންވެ އެކަމާ މެދު ކުޑައިކޮށް ވިސްނާލަން މަޑުކޮށްލުމުން ހިތަށް އެރި ބައެއް ސުވާލު ހިއްސާކޮށްލާނަމެވެ.

މާލޭގައި ހުރި އާސާރީ، މާ ދުވަސްވީ ތަންތަން ކަމުގައިވާ ބައެއް ޤަބުރުސްތާނުތައް ހަލާކުކޮށް އެތަންތަނުގައިވާ އަޅުގަނޑުމެންގެ ކާބަފައިންގެ ކަށްޓާއި މަހާ ނަގައިގެން ގޮސް ކުނިގޮނޑަށް އުކާލައި އެ ޤަބުރުސްތާނުތައް ޕާކުތަކާއި ކުޅިވަރު މައިދާންތައް ހެދުމަކީ ދީނީ ގޮތުން ޙަރާމް ކަންކަން ކަމުގައި ބަޔާންކޮށްކޮށް ތިއްބައި އެވާހަކަ އަޑު އިވޭކަމަށް ވެސް ނުހަދައި އެދިޔަގޮތަށް ގޮސް މުޅިތަން ބަދަލުކޮށް ހެދިއިރު އެކަމާ މެދު މިއުޅޭ ސެކިއުލާ ލާދީނީ މީހުން އެއްވެސް އެއްޗެއް ނުބުނެ މިހާދުވަހު ތިބެފައި އެޤަބުރުސްތާނުތަކަށް ވުރެ މާ ހަގު، ޤަރުނެއް ވެސް އަދި ހަމަނުވާ ބަނޑާރ މިސްކިތާ މެދު ހަމްދަރުދީވެގެން އުޅޭ މަގުން ވާހަކަ ދައްކަނީ ކީއްވެބާ؟

މިތަނުގައި ޝެއިޚް އެ ޢިޝާރާތް ކުރެއްވީ އެމްޑީޕީ މޭޔަރު އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގައި ހިންގެވި ވިޔާނުދާ ޢަމަލުތަކެއްގެ ވާހަކައެވެ. މީގެ އިތުރުން ޝެއިޚް ވަނީ މިސްކިތެއް ރީތިކޮށް، ބޮޑުކޮށް، އޭސީ ހަރުކޮށް، ސައުންޑް ސިސްޓަމް ފެންވަރު ރަނގަޅުކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުން އެހާ ބޮޑަށް މޭކަރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

ބަންޑާރަ މިސްކިތް ބޮޑުކޮށް އައުކުރުމަކީ ދީނީ ގޮތުމަކީ ޙަރާމްކަމެއް ކަމުގައިވަނީތޯ؟ ބަންޑާރަ މިސްކިތް އައު ނުކުރަން ގޮވާ މީހުންނަށް މުހިންމުވެގެން އުޅެނީ، ބަންޑާރަ މިސްކިތްތޯ ނުވަތަ އެ މިސްކިތް ހުރި ތަންތޯ؟ މިހެން މިއަހާލަން ޖެހުނީ، އާސާރީ ތަންތަން ޙިމާޔަތް ކުރުމަށް ޓަކައި އެތަންތަން ރޫޅާލާފައި ގެންގޮސް އެހެން ތަންތަނުގައި އެތަންތަން ރާވައި އޭގެން ފައިސާއާއި ފައިދާ ނެގުމަކީ މީގެ ކުރިން ވެސް ކޮށްއުޅޭ ކަމެއް ކަމުގައި ވާހިނދު، ބަންޑާރަ މިސްކިތާ ޖެހުނީމައި އެކަން އެހެން ނުކުރެވޭނެ ކަމަށް ދެކޭ ކަހަލަ ރާގެއްގައި އެވާހަކަ ދެކެވޭތީ! އޭގެ ހެއްކެއްގެ ގޮތުގައި، އެތާކައިރީގައި އަލުން ރާވައިފައި ހުރި ކަޅުވަކަރު މިސްކިތް ފުދޭ. މިސްކިތެއް ރީތިކޮށް، ބޮޑުކޮށް، އޭސީ ހަރުކޮށް، ސައުންޑް ސިސްޓަމް ފެންވަރު ރަނގަޅުކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުން އެހާ ބޮޑަށް މޭކަރަނީ ކީއްވެބާ؟ ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

ޝެއިޚް ޒަމްޒަމް ފާރިޝްގެ އިތުރުންވެސް ޢިލްމީ އެކި ބޭފުޅުންވެސް ވިދާޅުވަނީ މިސްކިތްތައް ޒަމާނީގޮތަށް ޖާގަ ތަނަވަސްކޮށް ތަރައްޤީ ކުރުމަކީ އެއްވެސް މައްސަލައެއްނޫންކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި