Wednesday, 9 September 2026
Ads by

ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި

ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި

ތިމަންނާއަކީ ޔޫސުފްގެ ފާނު ކަމަށާއި ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފިއެވެ.

Ad Image
Ads by

ފުލުހުން ބުނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު، ސޯސަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ޓިކްޓޮކްގައި މި ޢަމަލުތައް ހިންގަމުންދަނީ ނ.ކުޑަފަރި، ހިޔަލީގެ / ޙުސައިން ޔޫސުފް (44އ) އެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާރޗު 18 ވަނަ ދުވަހުގެ 12:00 އަށެވެ.

ޓިކްޓޮކްގައި ހުސައިން ދީނުންބޭރުވެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ހެދި މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅީ މީގެ 2 ހަފްތާ ކުރިންނެވެ.

އޭނާއަކީ ޔޫސުފްގެފާނުކަމަށް ދަޢުވާކޮށް، އޭނާއަށް މާތްﷲ ވަހީ ބާވާލައްވާފައިވާ ކަމަށާއި ވަހީ ބާއްވާލައްވަނީ ކީރިތި ރަސޫލާ ﷺ އަށް އެކަނި ނޫން ކަމަށް ބުނެ، އޭނާ ވަނީ ދީނަށް ފުރައްސާރަކޮށްފަ އެވެ. މިނޫނަސް ނަބިއްޔާ ﷺ އަށް ނިސްބަތްކޮށް ހަޑިހުތުރު އެތައް ވާހަކަތަކެއް އޭނާ ވަނީ ދައްކާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި