Sunday, 26 July 2026
Ads by

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

މިނިސްޓަރު ޢަލީ އިޙްސާން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ތެރެއިން ހަނގުރާމަވެރި އެކިއެކި ސަރަޙައްދުތަކަށް ގޮސް ތާށިވެ އަނބުރާ ރާއްޖެއަށް ނާދެވި، އަދި މީގެ ތެރެއިން އެކި ގޮތްގޮތުން ބައިވެރިވެފައި ތިބި ފަރާތްތަކާއި ހަނގުރާމަތަކުގައި ބައިވެރިވުމަށް އެކުގައި ގެންދިޔަ ޢާއިލާގެ އެކި ފަރާތްތައް ރާއްޖެ ނާދެވި ހަނގުރާމަވެރި ސަރަޙައްދުގައި ތާށިވެފައި ތިބޭ ތިބުން ނިނުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެފަދަ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެސް، ރާއްޖޭގެ މުޖަތަމަޢުއަށް ނެރުމުގެ ކުރިން ގެންދަންޖެހޭ ހުރިހާ ތަމްރީންތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރުމަށްފަހު މުޖުތަމަޢު ތެރެއަށް ރީ-އިންޓްރޭޓްކުރަން ޖެހޭ ފަރާތްތައް ރީ-އިންޓްރޭޓްކުރަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން 23 ފަރާތެއް ރީ-އިންޓަގްރޭޓްކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ސީރިއާގެ ދެ ސަރަޙައްދެއްގައި ތިބި 60 އެއްހައި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތާއި އެހެން ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ދަނިކޮށް އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތަކީ ތުރުކީގައި ދިވެހިރާއްޖޭގެ ތިން ރަށްޔިތަކު މިފަދަ ހަނގުރާމައިގައި ބައިވެރިވުމަށް އެހެން ޤައުމަކަށް ގޮސް ފަހުން ތުރުކީއަށް ހިޖުރަކުރެވި، އެތަނުގެ ތެރޭގައި ތާށިވެފައިވާކަމުގެ މަޢުލޫމާތު، އަދި ތުރުކީގެ ސަރުކާރުގެ ފަރާތުން އެ ފަރާތްތައް ޑީޓެއިންކޮށް، ދިވެހި ސަރުކާރަށް އެންގުމާ އެކުގައި، އަޅުގަނޑުމެންގެ ގުޅިފައިވާ އެކިއެކި މުއައްސަސާތައް މެދުވެރިވެގެން، އެ ފަރާތްތައް ރާއްޖެއަށް ގެނައުމަށް ވާނީ މަސައްކަތްތަކެއްކޮށްފަ،“ – މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

އެގޮތުން ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ ރާއްޖެއަށް ގެނެސް އެ ދެމީހުންނަށް ނެޝަނަލް ރީ-އިންޓަގްރޭޓިވް ފެސިލިޓީގައި ދޭންޖެހޭ ޚިދުމަތްތައް މިހާރު ދެމުން އަންނަކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި