Wednesday, 9 September 2026
Ads by

ޢުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ޚިލާފުވި އަބްރާރް ގުރޫޕްގެ ހުއްދަ ބާތިލު ކޮށްފި

ޢުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ޚިލާފުވި އަބްރާރް ގުރޫޕްގެ ހުއްދަ ބާތިލު ކޮށްފި

ޢުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށްބުނެ އެތައް ބަޔަކުއަތުން ފައިސާނެގުމަށްފަހު ޢުމްރާގެ އަޅުކަމަށް ނުގެންދިޔުމުން އަލް އަބްރާރް ޙައްޖު އެންޑް ޢުމްރާ ނަމަކަށް ކިޔާ ގުރޫޕް ސަސްޕެންޑް ކޮށްފިއެވެ.

Ad Image
Ads by

އެ ގްރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު ޢުމްރާގެ އިންތިޒާމްތައް ހަމަޖައްސައި ނުދިނުމުން ސަރުކާރުގެ އެހީގައި ޙައްޖުކޯޕަރޭޝަނުން ވަނީ އެމީހުން ޢުމްރާއަށް ފޮނުވާފައެވެ.

މިކަމާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ  މާރޗް މަހުގެ 3 ކުން 26 އަށް ޢުމްރާއަށް ދިއުމަށް އެ ގްރޫޕުން ތައްޔާރުވެފައި މަޤުބޫލު އުޒުރެއްނެތި އެ ދަތުރު ކެންސަލްކޮށްފައިވާކަން މިނިސްޓްރީ އިން ބެލި ބެލުމުން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ޢުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އަބްރާރް ގުރޫޕުން ޚިލާފުވެފައިވާތީ، ޢުމްރާއަށް މީހުން ގެންދިއުމަށް އެ ގްރޫޕަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އެ ގްރޫޕާއި ދެކޮޅަށް އަޅާނެކަމުގެ ޔަޤީންކަން އިސްލާމިކް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ މިކަމުގެ ސަބަބުން ޢުމްރާއަށް ނުދެވުނު ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަމުގައު މިނިސްޓްރީގެ ފަރާތުން އިންތިޒާމްތައް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޖާގަ އޮތް މިންވަރުން އޭގެތެރެއިން 28 މީހަކަށް ވިސާ ޖަހައި މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަން، އަދި ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް، ވަނީ ހަމަޖައްސައިދީފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މި 28 މީހުން ސައުދީޢަރަބިއްޔާއަށް ޢުމްރާގެ އަޅުކަމަށް ފުރުވާލީ މޯލްޑިވިއަންގެ ފްލައިޓަކުން ކަމަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވިއެވެ.

އެކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢުމްރާވެރިންނަށް މި ފުރުޞަތު ހޯއްދަވައި ދެއްވާ އިންތިޒާމްތައް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި